ޚަބަރުސިޔާސީ

ހޮޅުދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީޕީއެމް ޕީއެންސީން ހަމްދާން ވާދަކުރައްވަނީ!

ނ.ހޮޅުދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ޕީޕީއެމްގެ ރަޖިސްޓްރާރު އަދި އެދާއިރާގެ ޕާޓީގެ ރައީސް އަހުމަދު ހަމްދާން ނާސިރު ވާދަކުރައްވަން ނިންމަވައިފިއެވެ.

ހޮޅުދޫ، ބުލޫރެސްޓް ހަމްދާންގެ ސިޔާސީ ހަޔާތް ފެށިފައިވަނީ ރިޔާސީ/ބަރުލަމާނީ ކެމްޕެއިންގެ ތެރެއިންނެވެ. އެގޮތުން 2011 ވަނަ އަހަރުން ފެށިގެން 2017ވަނަ އަހަރުގެ ނިޔަލަށް ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމު ދެ ދައުރު ފުރިހަމަކުރައްވާފައިވެއެވެ.

މީގެ އިތުރުން 2017އިން  2018އަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކޯޑިނޭޓަރުކަމާއި 2019ގައި ޕީޕީއެމްގެ ސެނެޓަރުގެ މަގާމުވަނީ ފުރުއްވާފައެވެ. އަދި ޖޫން 2022ން ފެށިގެން ހުންނެވީ ޕީޕީއެމްގެ ރަޖިސްޓްރާރުގެ މަގާމުގައެވެ. ހަމްދާނަކީ ސިޔާސީ ޕާޓީތަކުގެ އިދާރީ ހިންގުމުގެ ތަޖުރިބާގެ އިތުރުން ސިޔާސީ ހަރަކާތްތަކުގަައި އިސް ރޯލެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ވޭތުވެދިޔަ ފަސް އަހަރު ހަމްދާން ފާހަގަވެގެން ގޮސްފައިވާނީ ޕީޕީއެމް ޕީއެންސީގެ ސިޔާސީ ކޮންމެ ހަރަކާތެއްގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ.

އެގޮތުން އޭނާ ވަނީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލުން މިނިވަން ކުރުމަށް އަޑުއުފުލުމަށް ބޭއްވި ކޮންމެ މުޒާހަރާއެއްގައި ބައިވެރިވެގެންފައެވެ. އަދި ހާއްސަކޮށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް އެދާއިރާގައި ވަރުގަދަ ކެމްޕެއިންތަކެއް ހަމްދާންގެ ބެލުމުގެ ދަށުން ވަނީ ހިންގާ ފައެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމުގެ ޝައުގުވެރިކަން އަންނަނީ އިތުރުވަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button