ޚަބަރު

މާލޭގެ އިމާރާތެއްގެ މަތިން އަންހެނަކު ވެއްޓިއްޖެ

މާލޭގެ އިމާރާތެއްގެ މަތިން އަންހެނަކު ވެއްތިއްޖެއެވެ.

އެ މީހާ ވެއްތިފައިވަނީ އަމީނީ މަގަށް ވާގޮތަށް ހުރި ހަދަމުންދާ އިމާރާތަކުން ކަމަށް މައުލޫމާތު ލިބެއެވެ. އެ ސަރަހައްދުގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮއްފައިވަނީ މިއަދު ހަވީރު 4:00 ހާއިރު ކަމަށެވެ. އަނިޔާވި އަންހެން މީހާއަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އޭނާގެ ހާލަތާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އެމީހާ ވެއްޓިފައިވަނީ ކިތައްވަަނަ ފަނަގިފިލައިން ކަމެއް އަދި ސާފެއް ނުވެއެވެ. އަންހެން މީހާ ވެއްޓުނު ތަނުގައި ގިނަ އަދަދަކަށް ލޭހުރިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ ކުރިންވެސް ވަނީ މާލޭގެ ހަދަމުންދާ އިމާރާތްތަކުން މީހުންވެއްޓި އެކިވަރުގެ އަނިޔާތަށް ވަނީ ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button