ޚަބަރުދަ ޑިމޮކްރެޓްސް
މުދާ އުފުލުމާއި، ބަރު އުޅަނދުތައް ދުއްވުން ރޯދަމަހު މަނާ ގަޑިތައް އާންމުކޮށްފި
ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އިއުލާނުކޮށްފިއެވެ.
ރޭ މިނިސްޓްރީން ވިދާޅުވީ އެ މުއްދަތުގައި މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 16:30 އަށް ކަމުގައެވެ. އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށްވެސް މުދާ އުފުލޭނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އެކަމަކު ހެނދުނު 6:00 އިން ހަވީރު 9:30 އަށާއި، ހަވީރު 16:30 އިން ރޭގަނޑު 20:00 އަށް މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމުގެ އިތުރުން މުދާ އުފުލުންވެސް މަނާވާނެ އެވެ.
މިނިސްޓްރީން ވަނީ މި އެންގުމާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ދަށުން 750 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް އަންގާފައެވެ.