ޚަބަރުސިޔާސީ

އިންތިހާބާ ދިމާކޮށް ފުރަތަމަ ޑިވިޝަންގެ ޓީމްތަކަށް ދޭން ބުނި ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތު މަހުލޫފަށް!

ދިވެހިރާއްޖޭގައި ފުރަތަމަ ޑިވިޝަނަށް ފުޓްބޯޅަކުޅޭ ޓީމްތަކަށް ދޭން ވަޢުދުވެފައިވާ ފައިސާ ނުދީ ޔޫތް މިނިސްޓަރު އަޙްމަދު މަހުލޫފް އެ ފައިސާ ބޭނުންކުރި ކަމަށް އެޓީމުތަކުން ތުހުމަތުކޮށްފިއެވެ.

ރިޔާސީ އިންތިޚާބާއި ދިމާކޮށް ފުރަތަމް ޑިވިޝަންގެ ޓީމްތަކަށް، ކޮންމެ ޓީމަކަށް 1 މިލިއަން ރުފިޔާ ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގަނެ، 2 ޓީމް ފިޔަވައި ހުރިހާ ޓީމްތަކެއްގެ ފައިސާ މިނިސްޓަރު މަޙްލޫފު ބެނުންކުރި ކަމަށް ތުހުމަތުކޮށް އެޓީމު ތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މާޒިޔާ ސްޕޯޓްސް ކްލަބާއި، ކްލަބް އީގަލްސްއަށް ވަޢުދު ވެޑައިގެން ގޮތަށް ފައިސާ ލިބިފައިވާ އިރު، އެހެން ޓީމްތަކުގެ ކުޅުންތެރިންނަށް ފައިސާ ނުދީ ލަސްވާތީ އެކްލަބްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެފްއޭއެމްއިން ވެސް ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ނުދި ލަސްވާތީ ޓީމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް މިފަދަ ޢަމަލެއް މިނިސްޓަރ މަޙްލޫފު ހިންގަވައިވާތީ ގިން ޓީމުތަކުގެ ނުރުހުން ވަނީ އޭނާއަށް  އަމާޒުވެފައެވެ. ކުޅުންތެރިން ހޯދާ ކާމިޔާބީތަކަށް އަމިއްލަ ފަރާތްކަުންދޭ ފައިސާވެސް އެފްއޭއެމްއިން ބޭނުންކުރި ކަމަށް އެއްބަސްވެފައިވަނީ ދާދި ފަހުންނެވެ.

ރިޝްވަތާއި ކޮރަޕްޝަން އަދި ތަފާތު ކުރުންތައް ގެންގުޅޭ ކަމުގެ ތުހުމަތު އެފްއޭއެމްއަށް އަމާޒުވަމުންދާއިރު، ރާއްޖޭގެ ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ހައްގުތައް ހޯދަވައިދެއްވަން މިނިސްޓަރ މަޙުލޫފް ނޫޅުއްވާ ކަމަށްވެސް ގިނަ ކުޅުންތެރިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button