ޚަބަރުސިޔާސީ

މުސާރައިގެ ކުރިއެރުން ދީ އޭވިއޭޝަން ދާއިރާގެ މަސައްކަތްތެރިންނަށް ހެޔޮ ގޮތްތައް ހަދައިދޭނަން: ޑރ. މުއިއްޒު

މުސާރައިގެ ކުރިއެރުން ދީ އޭވިއޭޝަން ދާއިރާގެ މަސައްކަތްތެރިންނަށް ހެޔޮ ގޮތްތައް ހަދައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ފުވައްމުލަކު ސިޓީއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އޭވިއޭޝަން ދާއިރާގެ މަސައްކަތްތެރިންނަށް މުސާރައިގެ ކުރިއެރުން ދިނުމާއި އެނިހެންވެސް ކަންކަމުގައި އޮތް ތަފާތުކުރުންތައް ނައްތާލައްވައި، ”އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހެޔޮ ގޮތްތަކެއް ހަދައިދޭނެ“ ކަމަށެވެ.

އެ ދާއިރާގައި މިސް މެނޭޖްމަންޓާއި ތަފާތުކުރުން އިންތިހާއަށް އޮތް ކަމަށާއި އެކަންކަން އޭނާގެ ވެރިިކަމެއްގައި ރަނގަޅުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު، ބަނގުރޫޓުވެފައިވާ ގައުމީ އެއާލައިން ނަގައި ކޮޅަށް ޖައްސަވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަންއިން ހިންގާ މޯލްޑިވިއަން ހިންގަމުންދަނީ ބޮޑު ގެއްލުމެއްގަ އެވެ. ޕީސީބީން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން ބަލާއިރު މިދިޔަ އަހަރުގެ އެއްވެސް ކުއާޓާއެއްގައި އައިލެންޑް އޭވިއޭޝަނަށް ފައިދާވެފައެއްނުވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button