ޚަބަރު

2023 ޑިސެންބަރުން ފެށިގެން އެއް ލީޓަރުގެ ޕުލާސްޓިކު ފެންފުޅި ވިއްކުން މަނާ

2023 ޑިސެންބަރުން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ޕުލާސްޓިކުފެންފުޅި ވިއްކުން މަނާ ވާނެއެވެ.

މިދިޔަ އަހަރު އަމަލު ކުރަން ފެށި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން، ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕުލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް ސަރުކާރުން ވަނީ އެކުލަވާލާފައެވެ. އަދި އެކި ތާރީހުތަކަށް ބަހާލައިގެން، ސަރުކާރުން އަންނަނީ އެ ތަކެތި މަނާ ކުރަމުންނެވެ.

އެ ލިސްޓުގައި މަނާ ކުރާ އެންމެ ފަހު ބާވަތުގެ ސިންގަލް ޔޫސް ޕުލާސްޓިކުގެ ގޮތުގައި ހިމެނިފައި ވަނީ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ދަށުގެ ޕުލާސްޓިކުފެންފުޅިއެވެ.

ފެށޭ ޑިސެންބަރު މަހުގެ އެކަކުން ފެށިގެން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ދަށުގެ ޕުލާސްޓިކު ފެންފުޅި ރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުން މަނާވެ، 2024 މާރިޗު މަހުން ފެށިގެން އެ ތަކެތި ބާޒާރަށް ނެރުން ވެސް މަނާ ވާނެވެ.

މި ބަދަލާ އެކު، މިހާރު ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ 500 މިލިލީޓަރުގެ ޕުލާސްޓިކުފެންފުޅި ވިއްކުން މަނާ ވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button