ޚަބަރުސިޔާސީ

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރެވިދާނެ ކަމަކަށް ނުފެނޭ: އެމްޑީޕީ

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވާ އަޑުއެހުމުގައި އެމްޑީޕީން ބުނެފައިވަނީ މިހާރު ރައްޔިތުންގެ މަޖިލިސް އޮތް ހާލަތުގައި، މަޖިލީހުގެ ގަވާއިދު އިސްލާހު ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

 

މިއަދު މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވަނީ އެމްޑީޕީން ހުށަހަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އަޑުއެހުމެވެ.

 

މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފަދަ ބޮޑު މައްސަލައެއްގައި ރިޔާސަތު ބެލެހެއްޓުމުގެ ކުލިއަރެންސް އާންމު މެންބަރަކަށް އެއްވެސް ހާލެއްގައި ނުލިބޭނެ ކަމަށާއި، އަދި އެފަދަ ހާލެއްގައި އާންމު މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ގަވާއިދު އިސްލާުހުކޮށްގެން ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ވިދާޅުވެފައެވެ.

 

މިއަދުގެ އަޑުއެހުމުގައި އެމްޑީޕީގެ ވަކީލު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވެފައިވަނީ މީގެ ކުރިންވެސް ދެ ގަރާރެއްގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލީހުގެ ގަވާއިދު ވެސް އިސްލާހު ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ނުގެންދެވިފައި ކަމަށެވެ. ސަބަބެއްކަމުގައި ވަނީ މިހާރު ވެސް މައްސަލައިގެ މަސްލަހަތު އޮތް ފަރާތުގެ ނުފޫޒު އޮވެގެން ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނާކަމަށެވެ.

 

މި ހާލަތުގައި ގަވާއިދު އިސްލާހު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިހާރު އެކަމަށް ބޭނުންވަނީ ކޯޓުގެ ނިންމުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

 

މި ހުށަހެޅުމަށް ރައްދު ދެއްވައި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު އެޖެންޑާކުރާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާތީ، އެހެން މެންބަރަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެހެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

 

މަޖިލީހުގެ އިދާރާއިން މިހެން ބުނެފައި ވަނިކޮށް ވެސް އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ރައީސް ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި ގަރާރު ކުރިއަށް ނުގެންދެވިގެންއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button