ޚަބަރުސިޔާސީ

އިންތިހާބީ ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ދަމަހައްޓާނަން: އިމްނާ މުޞްޠަފާ

2024 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީ 2024 ޖެނުއަރީ 20ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިއުލާނު ކުރައްވާފައިވާއިރު، މި އިންތިހާބުގައި ބައިވެރިވާ ފަރާތްތަކުގެ ކެންޕޭން ހަރަކާތްތައް ވަރަށް ފޯރިއާއެކު މީސްމީޑިއާގެ އެކި ޕުލެޓްފޯމުތަކުން ދަނީ ފެންނަމުންނެެވެ.

މިގޮތުން މާފަންނު ހުޅަނގު މަޖިލީހުގެ ގޮނޑިއަށް، މާފަންނު ހުޅަނގު ދާއިރާގައި އުޅެ ބޮޑުވި، އެ ދާއިރާގެ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިފައިވާ މުޙައްމަދު މުޞްޠަފާ އިބްރާހީމް (އިމްނާ މުޞްޠަފާ) ރަސްމީކޮށް އެކަން މިއަދު އިއުލާނު ކުރައްވާފިއެވެ،

މުޞްޠަފާ އެކަން މިއަދު އިއުލާނު ކުރައްވާފައިވަނީ އެކްސް (ޓުވިޓަރ) އެކައުންޓްގައެވެ.

މުޞްޠަފާ ވިދާޅުވެފައިވަނީ ”އިންޝާﷲ އަމިއްލަ އަތުން ޚަރަދުކޮށްގެން، ރައްޔިތުންނާއެކު މަގުމަތީ އުޅެގެން، ޤުރުބާންތަކެއް ވެގެން ގެނައި ވެރިކަން ޤާނޫނީ އިމުގެ ތެރެއިން ދަމަހައްޓާނަން“ ކަމުގައެވެ.

މީގެ އިތުރުން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީ ސަރުކާރު ޖަވާބުދާރީ ކުރުވައި ސަރުކާރު ދަމަހައްޓައިދޭނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މުޞްޠަފާގެ ކެންޕޭންގައި ގެންގުޅުއްވާ ހޭޝްޓެގް  #mustho2024 #maafannuhulhangu ވަނީ މި ޓުވީޓާއެކު އާންމުކޮށްފައެވެ. ހަމައެއާއެކު ކެންޕޭނަށް ހާއްޞަ ފޭސްބުކް އެކައުންޓަކާއި އެކްސް (ޓުވިޓާ) އެކައުންޓެއް ވަނީ އާންމުކޮށްފައެވެ.

ފޭސްބުކް ލިންކް: https://m.facebook.com/profile.php/?id=61552638522771

އެކްސް (ޓުވިޓާ) ލިންކް: https://x.com/mustho2024?t=nhTPKHHY4sf5AlflyKz52A&s=08

Leave a Reply

Your email address will not be published. Required fields are marked *

Back to top button