ޚަބަރު

ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަނީ!

ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަދި މިހާރު ހައިކޯޓުގެ ފަނޑިޔާރު، އަހުމަދު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފިއެވެ.

ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާފައިވާތާ ދުވަސްކޮޅެއް ވެފައިވާއިރު ވެސް ރިޓަޔަމެންޓާ ގުޅޭ ގޮތުން މިހާތަނަށް ވެސް ޖޭއެސްސީން ވަކި ގޮތެއް ނުނިންމައެވެ. ފަނޑިޔާރަކު އަމިއްލައަށް ރިޓަޔަކުރައްވަން ހުށަހެޅުއްވިޔަސް، ރިޓަޔަމެންޓް ލިބޭނީ ކޮމިޝަނުން ފާސްކުރުމުންނެވެ،

ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަކީލް އައްޔަން ކޮށްފައިވަނީ މި އަހަރުގެ މާޗް މަހުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައެވެ.

2017 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ފޮނުވާލުމަށް ނިންމެވުމާ ގުޅިގެން ޝަކީލް ވަނީ ކުރިމިނަލް ކޯޓަށް އައްޔަންކޮ، އޭގެ ފަހުން ފެމިލީ ކޯޓަށް ބަދަލުކޮށްފައެވެ. މީގެ ފަހުން 2019ވަނަ އަހަރު ސަރުކާރާއި ޖޭއެސްސީ ބަދަލުވެފައިވަނިކޮށް ޝަކީލް ވަނީ ކުރިމިނަލް ކޯޓަށް އަނެއްކާވެސް ބަދަލުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button