ޚަބަރުސިޔާސީ

ރާއްޖޭގެ އަޅުވެތިކަމާއި މިނިވަންކަމާއި ދެމެދުގައި ހުރި ހަމައެކަނި ފަރުދަކީ ރައީސް ޔާމީން: އިބޫ

ދިވެހިރާއްޖޭގެ އަޅުވެތިކަމާއި މިނިވަންކަމާއި ދެމެދުގައި ހުރި ހަމައެކަނި ފަރުދަކީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް މާލެ ސިޓީގެ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރ އިބްރާހިމް މުޙައްމަދު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ކުރިއަށްއޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހޮވަންޖެހޭ ލީޑަރަކީ ރައީސް ޔާމީން ކަމަށް އޭނާގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ. ސަބަބެއްގެ ގޮތުގައި އިބޫ ފާހަގަކުރެއްވީ ރާއްޖޭގެ އަޅުވެތިކަމާއި މިނިވަންކަމަށްޓަކައި ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅު ތަކެވެ.

އިބޫ ވިދާޅުވިގޮތުގައި ރާއްޖޭގެ އަޅުވެތިކަމާއި މިނިވަންކަމާއި ދެމެދުގަ ވަނީ އެންމެ ފަރުދެކެވެ. އެއީ މިޤައުމުގެ ފަހުރުވެރި، ހިތްވަރުގަދަ، އިހުލާސްތެރި ރައީސް ކަމަށްވާ ރައީސް ޔާމީން ކަމަށާއި ދެންވެސް ހޮވަންވީ ރައީސް ޔާމީން ކަމަށް އިބޫގެ ޓްވީޓްގައި ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ އަޅުވެތިކަމާއި މިނިވަންކަމާއި ދެމެދުގަ އިނީ އެންމެ ފަރުދެއް. އެއީ މިޤައުމުގެ ފަޙުރުވެރި، ހިތްވަރުގަދަ، އިޙުލާސްތެރި ރައީސް ކަމަށްވާ ރައީސްޔާމީން. ދެންވެސް ހޮވަންވީ ރައީސް ޔާމީންއިބޫ ވިދާޅުވިއެވެ.

2023 ގެ ރިޔާސީ އިންތިޚާބު ކުޑަތަންވެފައި ވާއިރު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ރައީސް، ރައީސް ޔާމީން އާއި ވަނީ ހަވާލުކޮށްފައެވެ. އެމަނިކުފާނު އާއި ރިޔާސީ ޓިކެޓު ހަވާލުކުރީ ”ހަވާލޭ ވަތަން“ގެނަމުގައި މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.

އެމަނިކުފާނާއި ޓިކެޓު ހަވާލުކޮށްދެއްވީ ރާއްޖޭގެ ހުރިހާ ރަށެއް ތަމްސީލު ކުރެވޭ ގޮތަށް އެކުލެވޭ ޕީޕީއެމްގެ އާންމުން މެމްބަރުންނާއި ދެ ޕާޓީގެ ލީޑަރޝިޕުންނެވެ.

3 Comments

  1. ތާޑީ އަށް އެނގޭތަ ވެންޓިލޭޓަރު ގަންނާށޭ ކިޔާގެން ހަޒާނާއިން އެތައް މިލިޔަނެއް ވައްކަން ކުރި މީހުންނަށް ދައުވާ ނުކުރަން ނިންމިކަން؟ 🤷‍♂️

  2. Neither ppm or mdp , we have devoted our attention & time to these people or crowds that comes with colors . As they say representatives of thousands of people . Let’s focus on individual who’s capable of being a better change to right way of democracy, and save this country from pending debts . Who seeks nothing but truth which our nation deserves.

Leave a Reply

Your email address will not be published. Required fields are marked *

Back to top button