ޚަބަރު

މާލެ ސިޓީ ކައުންސިލްގެ ޕާރކް ވޮލީ މުބާރާތް 2022 ފަށައިފި

މާލެ ސިޓީ ކައުންސިލްގެ ޕާރކް ވޮލީ މުބާރާތް 2022 ފަށައިފިއެވެ.

ދޮންގަނޑު ބީޗް ވޮލީ ބޯޅަ ކޯޓުގައި މުބާރާތުގެ މެޗުތައް ކުޅޭއިރު، މުބާރާތުގެ ފުރަތަމަ މެޗުތައް ކުޅެން ފަށާފައިވަނީ އާދިއްތަ ދުވަހުގެރޭ 21:15 އިން ފެށިގެންނެވެ.

މި މުބާރާތް މި މުބާރާތަކީ ދެ ޖިންސްގެ މީހުންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި 12 ކްލަބަކުން ޖުމްލަ 33 ޓީމް ވަނީ ބައިވެރިވެފައެވެ. އެއީ 17 ފިރިހެން ޓީމާއި 16 އަންހެން ޓީމެވެ.

މިއީ ވަނަވަނައަށް ދާ ފަރާތްތަކަށް އަގުބޮޑު ފައިސާގެ އިނާމުތަކެއް ލިބޭނެ، ވާދަވެރިކަން ބޮޑުވާނެ މުބާރާތެކެވެ. އެގޮތުން ކޮންމެ ޑިވިޝަނެއްގެ އެއްްވަނަ ޓީމަށް 45،000 ރުފިޔާ ދޭ ގޮތަށް ނިންމާފައިވާއިރު، ދެވަނަ ޓީމަށް 25،000 ރުފިޔާ ދޭނެ އެވެ. ތިންވަނަ އަށް 15،000 ރުފިޔާ ދޭއިރު، ހަތަރުވަނަ ޓީމަށް 10،000 ރުފިޔާ ދޭނެއެވެ. އަދި ފަސް ވަނަ ހޯދާ ޓީމަކަށް 5000 ރުފިޔާ ދޭނެއެވެ. މީގެއިން ކޮންމެ ވަނަ އަކަށް ފައިސާގެ އިނާމާއި ސެޓްފިކެޓެއް ދޭނެ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button