ހޯރަފުށީ އެއާޕޯޓް ހުޅިވިފަހުން އިތުރު 2 އެއާޕޯޓް ތަރައްގީ ކުރެވޭހާ ފައިސާ ހަރަދުކޮށްފި ކަމުގައި މާލެ ސިޓީގެ ޑެޕިއުޓި މޭޔާރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
މާފަންނު މެދު ދާއިރާގެ ކައުންސިލަރުކަން ވެސް ކުރައްވާ ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން އަވަސް އަރުވާލައިގެން ވަކި ބަޔަކަށް މަންފާ ހޯދަން ކަންކުރީމާ އޭގެ ގެއްލުން ދައުލަތަށާއި ރައްޔިތުންނަށް ކަމަށެވެ.
“ ހޯރަފުށީ އެއާރޕޯޓް ހުޅުވިފަހުން އިތުރަށް ކިހާ ފައިސާއެއް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރެވިއްޖެތޯ؟ ހަމަގައިމުވެސް އިތުރު ދެރަށެއްގައި އެއާޕޯރޓް ތަރައްޤީ ކޮށް ހުޅުވާ ހިދުމަތް ދެވޭހާ ގިނަ ފައިސާ ހަރަދު ކުރެވިއްޖެ“ ނަރީޝް ވިދާޅުވިއެވެ.
ހޯރަފުށީ އެއާރޕޯޓް ހުޅުވިފަހުން އިތުރަށް ކިހާ ފައިސާއެއް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރެވިއްޖެތޯ؟ ހަމަގައިމުވެސް އިތުރު ދެރަށެއްގައި އެއާޕޯރޓް ތަރައްޤީ ކޮށް ހުޅުވާ ހިދުމަތް ދެވޭހާ ގިނަ ފައިސާ ހަރަދު ކުރެވިއްޖެ!
— Ahmed Narysh (@ahmed_narysh) April 8, 2022
ނަރީޝް މިފަދައިން ވިދާޅުވެފައި މިވަނީ ހޯރަފުއްޓާއި އެއާޕޯޓް ވަކި ކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ހޯރަފުށި އެއާޕޯޓަކީ ދައުލަތުގެ ބަޖެޓުން 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އެއާޕޯޓެކެވެ.