ޚަބަރުސިޔާސީ

މަގާމަކަށް ކުރިމަތިލާންކެރެން ވާނީ ރައްޔިތުންނަށް ހިދުމަތެއްދޭން: ހުސެއިން

މަގާމަކަށް ކުރިމަތިލާންކެރެން ވާނީ ތިމާ ބޭނުންވެގެން ރައްޔިތުންނަށް ހިދުމަތެއްދޭން ކަމަށާއި އެމަނިކުފާނު ގެންގުޅުއްވަނީ އެ ވިސްނުން ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

ހުސެއިން ވަނީ މާލޭ ސިޓީ މޭޔަރުކަމަށް ކުރިމަތި ލައްވަން ނިންމަވައިފައެވެ. ދާދިފަހުން ވަރަށް ގިނަ ބައެއްގެ ސުވާލުތަކެއް އަމާޒުވަމުން އަންނަ ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ޖެއްސެވި ސްޓޭޓަސްއެއްގައި އޭނާ ވިދާޅުވީ، މޭޔަރު ކަމަށް ނިކުންނަންވީ ވަކި ވެރިއެއްގެ ތާއީދު ހަމައެކަނި އޮވެގެންކަމަށް ބުނުމަކީ ހެޔޮވާހަކައެއްކަމުގައި ނުދެކޭ ކަމަށާއި، މަގްސަދަކަށް ވާންވާނީ ރައްޔިތުންނަށް ޚިދްމަތްކުރެއްވުން ކަމަށެވެ.

މާލެ ސިޓީއަކީ އެބޭފުޅާ އުޅެބޮޑުވި މާހައުލުކަން ފާހަގަކުރައްވާ ހުސެއިން ވިދާޅުވީ، މި މާހައުލުގައި ހުރި ރައްޔިތުންނަށް ދަތިވާ ކަންކަން އެނގިވަޑައިގަންވާ ކަމަށާއި އަމާޒަކީ އެކަންކަން ހައްލުކޮށްދެއްވުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މާލެ ސިޓީ މޭޔަރުކަށް ކުރިމަތިލާން ނިންމި އިރު، ޕާޓީއަށް ނިސްބަތްވާ އިތުރު މެންބަރަކު ކުރިމަތިލައްވަން ޝައުގުވެރިވާކަން އެނގިވަޑައިގަނެފައިނުވާ ކަމަށާއި، ޕާޓީގެ އެތެރޭގެ ޕްރައިމަރީއެެއްގައި ވާދަކުރަން ޖެހިވަޑައިގަތަސް އެކަންވެސް ކުރައްވާނެ ކަމަށެވެ.

ވޭތުވެ ދިޔަ 5 އަހަރު ސިއްރުންއުޅުނު ބޭފުޅުންވެސް ދޮރެއް ހުޅުވާލާފަ ހުސްވެދާނެ ކަމަށް ފެންނަ ގޮނޑިއަކާއި ދިމާލަށް ރީތި ކުލައެއްގެ ހެދުމެއް ނޫނީ ގަމީހެއް ތުރުކުރައްވައިގެން ދުއްވައިގަތުމަކީ ވެސް ވަރަށް ގާތް ކަމެއް ކަމަށްވެސް ނިންމާލަމުން އޭނާ ވިދާޅުވެފައިވެއެވެ. ހުސައިން އަކީ ރައްޔިތުންގެ ޚިދްމަތުގައި އެތައް ދުވަހެއް މަސައްކަތްކުރައްވާފައިވާ ބޭފުޅުކެވެ. ފުލުހުންގެ ޚިދްމަތުގައި ގިނަ އަހަރުތަކެއް މަސައްކަތް ކުރެއްވުމަށްފަހު ސިޔާސީ ދާއިރާއަށް ނިކުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button