ޚަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ސެޕްޓެންބަރު މަހުގެ ނިޔަލަށް ނިންމަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެންބަރު މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަންނަ ސެޕްޓެންބަރު މަހަށް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމަށެވެ.

އަދި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓަލް އެންޑް ކަލްނަރީ ސްކޫލެއް ރާއްޖޭގައި ގާއިމުކުރުމާއި، ރާއްޖޭގައި ހިމާޔަތްކުރެވިފައި ހުރި އާސާރީ ތަންތަނަށް ހަދައި އިންފްރާސްޓްރަކްޗާ ކަނެކްޓިވިޓީ ގެނެސް ފަތުރުވެރިކަން ރަނގަޅުކުރަން ރައީސް ބޭނުންފުޅުވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button