ޚަބަރު

އިންޑިއާ އާއި ނޭޕާލުގެ ލޭބަރުން ގެނައުމުގެ ހުއްދަ ދިނުމަށް ނިންމައިފި

އިންޑިއާ އާއި ނޭޕާލުގެ ލޭބަރުން ގެނައުމުގެ ހުއްދަ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދޭގޮތަށް ނިންމައިފިއެވެ.

ބަންގްލަދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން އެ ހުއްދަ ދިނުމަށް ފަހު، އެހެން ގައުމުތަކުން ވެސް ރާއްޖެ އަށް އަންސްކިލްޑް ލޭބަރުން ގެނައުން ވަނީ މަޑުޖައްސާލާފައެވެ.

އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ނޭޕާލާއި އިންޑިއާގެ ލޭބަރުންނަށް ހުއްދަ ދިނުމަށް ފަހު، އެހެން ގައުމުތަކަށް ވެސް ކުރިމަގުގައި އެ ހުއްދަ ދޭނެ ކަމަށް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

”އެހެން ގައުމުތަކަށް ވެސް އަޅުގަނޑުމެން ހަދަން ޖެހޭ އެސެސްމެންޓުތައް ހަދާފައި ނޯމަލް އޮޕަރޭޝަނަށް އާންމުކޮށް މި އޮންނަ ގޮތަށް ބަދަލުކޮށްލާނަން،“ އިހުސާން ވިދާޅުވި އެވެ.

އެހެންކަމުން މި ވަގުތު ރާއްޖެ އެތެރެވުމުގެ ހުއްދަ އޮންނާނީ މި ތިން ގައުމުގެ ލޭބަރުންނަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button