ޚަބަރުސިޔާސީ

ޑިމޮކްރެޓުންގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ތައުލީމާއި ސިއްހަތާއި އާމްދަނީއަށް: އިލްޔާސް

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުންނަށް ކާމިޔާބު ލިބި، އުފައްދާ ސަރުކާރެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ ކުރިއަރުވާ ރައްޔިތުންގެ އާމްދަނީ އިތުރު ކުރުމަށް ކަމަށް މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭންގެ ފަހު ޖަލްސާ ގޮތުގައި ރޭ ސަލްޓަން ޕާކުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ، ރާއްޖޭގެ އެކި ރަށްތަކުން މާލެއަށް މީހުން ހިޖުރަކުރާ މައިގަނޑު ސަބަބުތަކަކީ އެ ރަށްތަކުން އެކަށީގެންވާ ތައުލީމާއި ސިއްހީ ހިދުމަތާއި ރަނގަޅު އާމްދަނީއެއް ލިބޭނެ މަގުތައް ނެތުން ކަމަށެވެ. 

”އަޅުގަނޑުގެ ސަރުކާރެއްގައި ބޮޑުހިލަ އަށްވުރެ އިސްކަންދޭނީ ސިއްހަތާއި ތައުލީމާއި އާމްދަނީއަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންކުރާނަން، އެކަމުގައި ދެމި ތިބޭނަން“އިލްޔާސް ވިދާޅުވިއެވެ. 

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގައި އާބަން ސެންޓަރުތައް ތަރައްގީކުރައްވާނެ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.

”ދިވެހިރާއްޖޭ އެންމެ ގިނަ މީހުން މާލެއަށް ބަދަލުވެފައި މިވަނީ އެކަށީގެންވާ އާމްދަނީއެއް ރަށުގައި ނުލިބޭތީ، ރަނގަޅު ސިއްހީ ނިޒާމެއް ނެތީމަ، ރަށުން ކުދިންނަށް ރަނގަޅު ތައުލީމެއް ނުލިބޭތީ، އަޅުގަނޑުމެން މި އަންނަނީ މިކަންތައްތައް ބަދަލުކުރަން“ އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި މާލޭގައި އުޅޭ އެހެން ރައްތަކުގެ ރައްޔިތުންނާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ

ކެންޑިޑޭޓު އިތުރަށް ވިދާޅުވީ ރާއްޖޭގެ އާމްދަނީ އިތުރުވެ، ކިތަންމެ ގިނަ ރިސޯޓުތަކެއް އެޅިޔަސް އާންމު ރައްޔިތުންނަށް ކުރާ ހެޔޮ އަސަރު ކުޑަ ކަމަށެވެ. ނަމަވެސް ޑިމޮކްރެޓުން އެކަން ބަދަލުކުރާނެ ކަމަށާއި އެކަން ކުރާނެ ޕްލޭނަކީ މީހުން ދިރިއުޅޭ ރައްތަކުގައި އެތައް ސަތޭކަ ގެސްޓްހައުސް އަކާއި އެކި ކަންކޮޅުތަކުގައި އިންޓަނޭޝަނަލް އެއާޕޯޓުތައް އެޅުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button