ޚަބަރު

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އަލީ ޝުޖާއު!

އެސިސްޓަންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރުމަށް ޕޮލިސް ބޯޑުން ލަފާދީފިއެވެ.

ހުސްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސް ގެ މަގާމަށް ޝުޖާއު އައްޔަން ކުރަން ޕޮލިސް ބޯޑުން ލަފާ ދީފައިވާއިރު، ޝުޖާއުއާއި އެކު އެ މަގާމަށް ކުރިމަތިލާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނަން ފޮނުވާފައިވާ ފަރާތަކީ، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވެފައިވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު މިދިޔަ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ. ހަމީދު އެ މަގާމުން ރިޓަޔާ ކުރެއްވުމުން އެ މަގާމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި އަބްދުލް މަންނާނު ޔޫސުފްއެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މީހަކު އައްޔަންކުރާނީ، ފުލުހުންގެ އިދާރާއާ ހަވާލުވެހުންނަ ވުޒާރާއެއްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button