ޚަބަރުސިޔާސީ

ސަރުކާރު ކުންފުނި ތަކުގެ ފްލެޓްތަކުގެ އަގު ކުޑަ ކުރާނަން:މުއިއްޒު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ސަރުކާރު ކުންފުނިތަކުގެ ފްލެޓުތަކުގެ ކުލި ވެސް ކުޑަކޮށްދިނުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ސަރުކާރު ކުންފުނިތަކުގެ ފްލެޓުތަކަށް މި ސަރުކާރުން މިހާރު ނަގާ ބޮޑު ކުލި ވެސް ކުޑަކޮށްދޭނެ ކަމަށެވެ. އެ ފްލެޓުތަކުން ބޮޑު ކުލި ނަގަނީ ފްލެޓުތައް އަޅާފައިވާ އަގު ހޯދަން ކޮމާޝަލް ރޭޓަށް ވުރެ ވެސް މަތީ އަގުގައި ކަމަށާއި، ހިޔާ މަޝްރޫއުއަކީ އެފަދަ ފައިދާއަކަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މަޝްރޫއުއެއް ނޫން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެފައެވެ.

”ޖުމްލަކޮށް ސަރުކާރުގެ އެކި ކުންފުނިތަކުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓުތަކުގެ ވެސް އިރާދަކުރެއްވިއްޔާ އަގުތައް ކުޑަކޮށްދޭނަން. އެހެންވީމަ ބޮޑު އަގުގައި އަޅާ ފްލެޓުތައް އަޅާނެ، އެތަންތަން އެފޯޑުކުރެވޭ މީހުން އެތަންތަން ނަގާނެ. އެކަމަކު [ހިޔާ މަޝްރޫއު ފަދަ] ފްލެޓުތަކަކީ ރައްޔިތުންގެ އަތުގައި ހުރި މަދު ފައިސާކޮޅު އަތުލަން ޖަހާ މަޅިއަކަށް، ދަންތުރަކަށް ވެގެން ނުވާނެ،“ މުއިއްޒު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށް އަޅާފައިވާ ޓަވަރު ތަކުގެ ތެރޭގަައި ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަ ކުރެވިފައިވާ 2 ޓަވަރުގައި 360 ފްލެޓް ހިމެނެއެވެ.

އެމްޕީއެލްގެ މުވައްޒަފުންނަށް ޚާއްސަ ކުރެވިގެން އަޅާފައިވަނީ 15 ބުރީގެ 3 ޓަވަރެވެ.އެ ޓަވަރު ތަކުގައި 534 އެޕާޓްމަންޓް ހިމެނެއެވެ.

އޭގެއިތުރުންވެސް މުއިއްޒު ވިދާޅުވީ ސީދާ އަގު ވިދާޅުނުވި ކަމުގައި ވީ
ނަމަވެސް އަގު ކުޑަކޮށްދެެއްވާނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button