ސާޗް އެންޑް ސީޒާ އިންޓަނޭޝަނަލް ކޯސް މިއަދު އިފުތިތާހުކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ކުރިއަށްގެންދާ ވިޒިޓް ބޯޑް، ސަރޗް އެންޑް ސީޒަރ (ވީބީއެސްއެސް) އިންޓަރނޭޝަނަލް ކޯސް އިފުތިތާހުކޮށްފިއެވެ.
ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯސް އިފުތިތާހުކުރުމަށް މިއަދު ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ހިލްމީއެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމްގެ ދަށުން ހިންގާ މި ކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ 12 ސެއިލަރުންނާއި ބަންގްލަދޭޝް ކޯސްޓްގާޑުގެ 12 ސެއިލަރުންނާއި ސްރީލަންކަން ކޯސްޓްގާޑުގެ އަށް ސެއިލަރަކު ބައިވެރިވެ އެވެ.
މި ކޯހުގައި ކަނޑުމަތީގެ ގާނޫނާއި ގަވާއދުގެ އިތުރުން ކަނޑުމަތީގެ އޮފަރޭޝަންތައް ހިންގާނެ ގޮތްތަކާއި، ކަނޑުމަތިން އުޅަނދުފަހަރަށް އަރައި ސިފައިން ހަރަކާތްތެރިވާނެ ގޮތްތަކާއި، ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާނެ ގޮތްތައް ދަސްކޮށްދޭނެ އެވެ.
ވީބީއެސްއެސް އިންޓަރނޭޝަނަލް ކޯސް އިފްތިތާކުރުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮފިސަރުންނާއި ޔޫއެންއޯޑީސީގެ އިސް ބޭފުންގެ އިތުރުން ކޯހުގެ ދަރިވަރުން ބައިވެރިވިއެވެ.