ޚަބަރުސިޔާސީ

އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ތަރައްޤީކުރުމުގެ މަޝްރޫއެއް ފެށުމަށް ނިންމައިފި

އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ބަނދަރާއި ގުދަންކުރުމާއި ރީއެކްސްޕޯޓު ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގުމަށް ނިންމައިފިއެވެ.

 

އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި މަޝްރޫޢެއް ހިންގުމަށް މި ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.

 

 

 

 

މި މަޝްރޫޢަކީ އިހަވަންދިއްޕޮޅު ކައިރިން ދަތުރުކުރާ ގިނަ އަދަދެއްގެ އާގު ބޯޓުފަހަރުން ރާއްޖެއަށް އިޤުތިޞާދީ މަންފާ ލިބޭނެ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯނެއް އެ ސަރަހައްދުގައި ތަރައްޤީކުރަން ހިންގާ މަޝްރޫޢެކެވެ.

 

މަޝްރޫޢު ހިންގުމަށް އިހަވަންދިއްޕޮޅު ތަރައްޤީކުރުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން ކުންފުންޏާ ހަވާލުކުރުމާއެކު އެ ކުންފުނިން އެތަނުގައި ބަނދަރާއި، ގުދަންކުރުމާއި ރީއެކްސްޕޯޓު ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށައިގަންނާނެކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއެކު ސައްތައިން ސައްތަ ދައުލަތުގެ ކުންފުންޏަކުން އިޤުތިޞާދީ ގޮތުން އެންމެ ފީޒިބަލް ގޮތެއްގައި އެ މަސައްކަތްކުރަން މަގުފަހިވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ސިފަކުރެއްވި ގޮތުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއަކީ ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކޮށް ތަފާތު އައު ސިނާއަތްތަކާއި އާމްދަނީ ލިބޭނެ އައު ވަސީލަތްތަކަށް މަގުފަހިކުރުމުގެ ގޮތުން އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button