ޚަބަރުސިޔާސީ

ސައުދީ ފަންޑުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދެނީ

ސައުދީ ފަންޑުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްއިން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެހީތެރިވެދޭން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއިއެކު ބޭއްވި ބައްދަލުވުމުގައި ނިންމައިފިއެވެ.

 

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސައުދީ ފަންޑާއެކު ބައްދަލުކުރައްވާ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

 

ޝިޔާމް ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ސައުދީ އިންޓަރނޭޝަނަލް މެރިން އެގްޒިބިޝަންގެ ހުޅުވުމުގެ ރަސްމިޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އަދި އެ އެގްސިބިޝަނަކީ އެ ގައުމުގައި ކެއުމަށް ބޭނުންކުރާ ކަނޑުގެ ދިރުންތައް ދައްކުވައިދޭ އެންމެ ބޮޑު އެގްޒިބިޝަނެވެ.

 

ސައުދީ ފަންޑުގެ ފަރާތުން އެ ބައްދަލުވުމުގައި، އެ ފަންޑުގެ ސީއީއޯ ފައިސަލް އަލް ކަހްތާނީ ބައިވެރިވެވަޑައިގަތެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ސައުދީގައި ކުރިއަށްދިޔަ އެގްޒިބިޝަންގައި ބައިވެރިވެވުމުން ގައުމަށް ފައިދާކުރަނިވި އެތައްކަމެއް ކުރުމަށް މަގުފަހިވެގެން ދިޔަކަމަށެވެ.،

Leave a Reply

Your email address will not be published. Required fields are marked *

Back to top button