ޚަބަރު

ސިކުނޑީގެ މައްސަލަޔަކުން ފިޓު ޖެހެމުން އަންނަ ހުޒެއިލްއަށް އެހީތެރިވެދެއްވާ

ސިކުނޑީގަ ހުރި މައްސަލަޔަކުން ފިޓުޖެހެމުން އަންނަ ހުޒެއިލް ބިން ހޫދު އަބްދުލް ޣަފޫރުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާންމުންގެ އެހީތެރިކަމަށް މަންމަ ވަފާ އަބްދުﷲ އެދިއްޖެއެވެ.

ދަރިފުޅުގެ ހާލަތު ބަޔާންކޮށްދެމުން ވަހީދާ ބުނީ ފިޓު ޖެހޭއިރު ބައެއްފަހަރު އަލާމަތްތައް ފެނުނު ނަމަވެސް އަނެއްބައި ފަހަރު އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. ހުޒެއިލް އަށް އެގޮތަށް ދިމާވާން ފެށީ އުމުރުން ހަތަރު އަހަރުގައި, 2019 ވަނަ އަހަރުއެވެ. އެއަހަރު އައިޖީއެމްއެޗްއިން ހެދި އެމް އާރު އައި އިން ދައްކަނީ ސިނކުޑީގަ ހުރި ލޯވަޅުތަކެއްގެ ސަބަބުން ފިޓުޖެހެނީ ކަމަށް ރިޕޯރޓް ތަކުން ދައްކާކަމަށް ވަފާ ބުންޏެވެ. ހަމަ އެއަހަރު އިންޑިއާގެ ޓްރިވެންޑްރަމް އަށް ގޮސް އިތުރު ޓެސްޓްތަކެއް ހެދުމުން އެތަނުންވެސް ބުނެފައިވަނީ މައްސަލަތަކެއް ހުރިކަމަށާއި، އޭގެ ސަބަބުން ފިޓުޖެހެނީ ކަމަށެވެ. 2 ފަހަރު ޓުރިވެންޑްރަމްއަށް ގޮސް މާއެދެވޭ ނަތީޖާއެއް ނުފެނުމުން 2021 ވަނަ އަހަރު ދަރިފުޅު ގޮވައިގެން ވަފާ ދިޔައީ ކޮޗިން އަށެވެ. ކޮޗިން އިން ހެދި ޓެސްޓް ތަކުން ދައްކަނީ ސިނކުޑީގެ އެކި ދިމަދިމާލުމް އަންނަކަމެއް ކަމުގައި, ޑޮކްޓަރުން ފާހަގަ ކޮށްފައިވާކަމަށް ވަފާ ބުނެފައިވެއެވެ.

މިވަގުތު ދަރިފުޅުގެ ސިކުނޑިގެ އޮޕަރޭޝަން ނުކުރެވި ލަސްވަނީ ފިޓުޖެހުމަށް ހައްލެއް ލިބެންދެން ކަމަށްވެސް ޑޮކްޓަރުންނާއި ހަވާލާދީ އޭނާ ބުނެފައިވެއެވެ. ހަަމައެއާއިއެކު ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ބޭސްތަކުގެ އަސަރު ދަރިފުޅުގެ ހަށިގަނޑަށް ކުރަނީ ކިހާ މިންވަރަކަށްތޯ ބެލުމަށް އިތުރު ރިވިއު އަކަށް މިއަހަރު ދާންޖެހޭކަން ވަފާ ފާހަގަކުރިއެވެ. 

ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށް, ބޭސް ފަރުވާގެ އިތުރުން ތިބުމާއި، ކެެއިން ބުއިމާއި އަދި އެހެނިހެން ހަރަދު ހިނގާތީ، އެ ހުރިހާ ހަރަދެއް ކުރުމަށް އާއިލީ ތަންވަސްކަން ނެތުމުގެ ސަބަބުން, ކޮންމެ މީހަކަށްވެސް ވީ މިންވަރަކުން އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ވަހީދާގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މިވީހާތަނަށް ދަރިފުޅުގެ ކަންކަން ކުރަމުން އައީ ވަފާ އަށް އެކަނި ލިބޭއެއްޗަކުން ކަމުގައި އޭނާފާހަގަކުރިއެވެ. އަދި ދަރިފުޅުގެ ކަންކަން ކުރުމަށް އެހީތެރިއަކަށް ދާމީހާގެ ޓިކެޓާއި، ހުރުމާއި، ކެއުމުގެ ހަރަދަށް ފައިސާ ބޭނުންވާތީ އިތުރު އެހީއަށް އެދެން ޖެހެނީ ކަމަށްވެސް ވަފާ ބުނެފައިވެއެވެ.

ހުޒެއިލް އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާގެ މަންމަގެ ބެންކް އެފް މޯލްޑިވްސް ދިވެހި ރުފިޔާ އެކައުންޓް 7730000221369 (Wafa Abdulla) ނުވަތަ ދަރިފުޅުގެ މާމާގެ ޑޮލަރު އެކައުންޓް 7730000127953 (fathmath waheedha) އަށް ފައިސާގެ އެހީތެރިކަން ފޮނުވޭނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް 7669254 އަށް ގުޅުމަށްވެސް އާއިލާގެ ފަރާތުން އެދިފައިވެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button