ޚަބަރު

ޕީޖީ ހުސައިން ޝަމީމަށް ތޫނު އެއްޗަކުން ހަމަލާދީފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މިއަދުގެ ވަގުތެއްގައި މާލޭ މަގުމަތިން ޝަމީމަށް ހަމަލާދިން މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އޭނާއަށް ހަމަލާދިނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް ފުލުހުން އެކަން ކަށަވަރެއް ނުކޮށްދެއެވެ.
ހަމަލާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޝަމީމަށް މިވަގުތު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި ސާފެއް ނޫނެވެ.
އެނގިފައިވާ ގޮތުގައި ޝަމީމަށް ހަމަލާދިނީ ހެންވޭރު ނޫރު މިސްކިތް ކައިރިން، ހެލްމެޓް އަޅައިގެން ކާކުކަން ނޭނގޭ ގޮތަށް ދިޔަ ދެ މީހުންނެވެ. ހަމަލާދޭން ބޭނުންކޮށްފައި ވަނީ މަރުތޮޔޮލެއް ކަހަލަ ހަތިޔާރެއް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.  އޭނާއަށް ހަމަލާދިނީ ކޮން ބައެއްކަމެއް އަދި ނޭނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button