ޚަބަރުސިޔާސީ

މަޖިލީހަށް އަންހެނުން ނެރުމަށް ވިޔަފާރިވެރިންގެ އެހީ ބޭނުން: ޑރ.މުއިއްޒު

2024ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަންހެނުން ނެރުމަށް އެހީތެރިވެދިނުމަށް ދިވެހި ވިޔަފާރިވެރިންގެ ކިބައިން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފިއެވެ.

ނޮވެންބަރު މަހުގެ 17ގައި ރާއްޖޭގެ ވެރިކަމަށް ހުވާކުރައްވާ މުއިއްޒު އިއްޔެ ވިދާޅުވެފައިވަނީ އެ ލަނޑުދަނޑި ހާސިލުކުރުމަށް ޓަކައި ވީހާ ވެސް ގިނަ އަންހެނުން މަޖިލިސް އިންތިހާބުގައި ހޮވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްކަމަށެވެ.

2024ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން މަދުވެގެން 20 ޕަސެންޓް ވާދަކުރުމަށް މުއިއްޒު ބޭނުންފުޅުވެއެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިސްނަގައިގެން ވަރަށް ގިނަ ދިވެހި ވިޔަފާރިވެރިންތަކެއް ބައިވެރިވި ބައްދަލުވުމުގައި މުއިއްޒު ރޭ ވިދާޅުވީ، ވީހާ ވެސް ގިނަ އަންހެނުންނަށް ރައްޔިތުންގެ މަޖިލިހުން ފުރުސަތު ހޯދައި ދިނުމަށް އެ ވިޔަފާރިވެރިންގެ އެހީތެރިކަން ދީ، ސްޕޮންސަ ކޮށްދިނުމަކީ އެ މަނިކުފާނު ވަރަށް އުފާފުޅުވާނެ ކަމެއް ކަމަށެވެ.

އިންތިހާބީ ރައީސް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގައި އިންތިހާބުގެ 93 ގޮނޑީގެ ތެރެއިން 19 ގޮނޑި އަށް އަންހެނުން ނެރުމަށް ދިވެހި ވިޔަފާރިވެރިން ނުކުމެ، މަސައްކަތް ކޮށްދިނުން ވާނީ ގައުމަށް ކޮށްދެވޭނެ ވަރަށް ބޮޑު ކަމަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button