ޚަބަރުސިޔާސީ

މޯލްޑިވްގޭސްގެ ޑީއެމްޑީއަކަށް ރައްޒާން ހަމަޖައްސައިފި

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރަކަށް އިބްރާހީމް ރައްޒާން ހަމަޖައްސައިފިއެވެ.

މޯލްޑިވްގޭސްގެ ފަރާތުން ރައްޒާނު މަޤާމާ ހަވާލުވެވަޑައިގަތުމުން މަރުހަބާ ދެންނެވުމުގެ ގޮތުން މާބޮނޑި އެރުވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނެފައިވަނީ، ރައްޒާންގެ ކިބައިގައި މަސައްކަތައް ހުރި ޝައުގުވެރިކަމާއި، ތަޖުރިބާއާއި، ޚިދުމަތްތެރިކަމުގެ ސަބަބުން އޭނާއަކީ، މޯލްޑިވް ގޭސްގެ ލީޑަރޝިޕް ޓީމަށް އިތުރުވި އަގުހުރި ބޭފުޅެއް ކަމަށެވެ.

ރައްޒާނަކީ މިހާރު ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިދިކޮޅުގައި އޮވެ މަސައްކަތްކުރި އެ އިއްތިހާދުގެ ގިނަ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމުގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން އެ ހަރަކާތުގެ މަގުމަތީ ހަރަކާތްތަކާއި ކެންޕެއިން ހަރަކާތްތައް އިންތިޒާމުކޮށް ތަންފީޒުކުރުމުގައި ރައްޒާނު މުހިއްމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button