އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާ ތަމްސީލު ކުރައްވަން ޕީޕީއެމް ޕީއެންސީން ވާދަކުރެއްވުމަށް ނިންމަވައި، ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބުރާހީމް މުހައްމަދު (އިއްބެ) ގެ ކެންޑިޑޭސީ ފޯމު ޕީއެންސީ އޮފީހަށް ހުށަހަޅުއްވައިފިއެވެ.
ނިމިދިޔަ 19 ވަނަ މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާގެ މިހާރުގެ މެންބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ވާދަކުރައްވައި އިއްބެ ވަނީ ގިނަ އަދަދެއްގެ ވޯޓުވެސް ހޯއްދަވާފައެވެ. އެބޭފުޅާއަކީ ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ.
އިއްބެއަކީ ތައުލީމީގޮތުންނާއި ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅަކަށްވާއިރު އިސްލާމީ ތައުލީމާއި ތަރުބިއްޔަތުގެ ދާއިރާއިން އެބޭފުޅާއަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ލީޑަރެކެވެ.