ޚަބަރުސިޔާސީ

ޔުނިފޯމުގަތޯ، ކުލަ ހެދުމުގަތޯއެއް ނޫން، އެއްވެސް ކަހަލަ ހެދުމެއްގައެއް އިންޑިއާ ސިފައިންނެއް ނުތިބޭނެ: ރައީސް

އަންނަ މެއި މަހުގެ 10 ވަނަ ދުވަހަށް ފަހު، އެއްވެސް ކަހަލަ ހެދުމެއްގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމުވެ ނުތިބޭނެކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ބ.އޭދަފުއްޓަށް އާދީއްތަ ދުވަހު ވަޑައިގެން އެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވެރިކަން ހަވާލުކުރަމުން ރައްޔިތުން އެދުނު ގޮތަށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމުން ބާލާނެ ކަމުގައެވެ.
މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެގައުމުގެ ސިފައިން ފައިބާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ ބަޔަކު މީހުން އާންމުންގެ ހިތްތަކުގައި ޝައްކު އުފައްދައި ދޮގު ފަތުރަމުންދާ ކަމަށާއި، އެ ފުރުސަތު ދީގެން ނުވާނެ ކަމުގައެވެ.
”އެއްވެސް ކަހަލަ ހެދުމެއްގައެއް އިންޑިއާ ސިފައިންނެއް، އެއްވެސް ގައުމެއްގެ ސިފައިންނެއް މި ރާއްޖެއަކު ނުތިބޭނެ. ނުތިބޭނެ ކަން ޔަގީންކަމާ އެކުގައި ދަންނަވަން.“ ރައީސް ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އައި ވައިގެ އުޅަނދުތައް ބެލެހެއްޓުމަށް އިންޑިއާގެ ސިވިލިއަން މީހުނާ ހަވާލުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button