ޚަބަރު

ހިޔާ ފުލެޓުގެ ކުލީގެ ޖުމްލަ އަގުން 200،000 ރުފިޔާގެ ލުޔެއް ސަރުކާރުން ހަމަޖައްސައިފި

ހިޔާ ފުލެޓުގެ ކުލީގެ ޖުމްލަ އަގުން 200،000 ރުފިޔާގެ ޑިސްކައުންޓެއް ސަރުކާރުން ހަމަޖައްސައިފިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް 7 އަހަރު ދުވަހަށް ދިން ލުއީގެ އިތުރަށް، ހިޔާގެ ކުލި ދައްކަންޖެހޭ މުއްދަތުން ބައެއް ވެސް ވަނީ އުނިކޮށްފައެވެ.

މިކަން އިއުލާނުކުރައްވާ އާބަންކޯގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފަޒުލް ރަޝީދު ވަނީ މައުލޫމާތު ދެއްވާފައެވެ.

ފަޒުލް މިކަން އިއުލާނު ކުރައްވާފައިވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރިއަށް އޮތް 7 އަހަރު ދުވަހަށް ކުލިން ބޮޑު އިންސައްތައެއް އުނިކުރަން ނިންމާފައިވާކަން އިއުލާނު ކުރެއްވި ފަހުންނެވެ. އެގޮތުން ކުރިއަށް އޮތް 7 އަހަރު ދުވަހު ހިޔާ ފުލެޓުތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހެނީ 3،984.21 ރުފިޔާކަން ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.

އެހެންކަމުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހިޔާގެ ކުލިން 200،000 ރުފިޔާ އުނިކުރުމުގެ ގޮތުން އެއްބައި އުނިކުރައްވާފައިވަނީ 7 އަހަރަށް ބަހާލައިގެން މިހާރު ދައްކަމުންދާ ކުއްޔަށް ދޭ ލުޔެއްގެ ގޮތުގައެވެ. އަނެއް ބައި ހަމަޖައްސަވާފައިވަނީ ފުލެޓުތަކުގެ ޖުމްލަ އަގުން އެބައި އުނިވާ ގޮތަށެވެ.

މި ނިންމެވުމާއެކު، 27 އަހަރާއި އެތައް މަހަކަށް ކުލި ދައްކަންޖެހުމުގެ ބަދަލުގައި 26 އަހަރާއި ތިން މަހަށް ކުލި ދައްކާ ގޮތަށް ބަދަލުވެ، އެ ދެ މުއްދަތުގެ ފަރަގުގެ ގޮތުގައި ގުނޭ މަސްތަކަށް ދައްކަންޖެހޭ ފައިސާ ފުލެޓުގެ އަގުން އުނިވެގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button