ޚަބަރު

ޕެނަޑޯލް ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ އަލުން ދީފި

ޕެނަޑޯލް އަލުން ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފިއެވެ.

އެމްއެފްޑީއޭ އިން ހާމަކުރާ ގޮތުގައި ފެނަޑޯލް 500 މިލިގުރާމ ގުޅައިގެ ބޭހުގެ ކޮލިޓީގައި މައްސަލައެއް އުޅޭކަމަށް ފާހަގ ަކުރެވިފައިވާތީ އެ އޮތޯރިޓީގެ ފަރާތުން އެކަން ބެލުމަށް، ލެބޯޓަރީ ތަހުލީލުތައްކޮށް ނަތީޖާ ލިބިފައިވާ ކަމަށެވެ. އެ ތަހުލީލުތަކުގެ ނަތީޖާ ދައްކާގޮތުން ޕެނަޑޯލް ބްރޭންޑުގައި ހުންނަންޖެހޭ މިންވަރަށް ބޭހުގެ ސްޓްރެންތު ހުރިކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ހާމަކޮށްފައިވަނީ އޭރު ޕެނަޑޯލް ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވީ ބޭސް އުފުލާ ގެންގުޅުމުގަޔާއި، ގުދަންކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް ހިފޭއްޓިފައި ނުވުމުގެ ސަބަބުން ކަމަށެވެ.

އެ މައްސަލަ ފާހަގަކުރެވުނު ބެޗް މާކެޓުގައި ނެތްކަން ވެސް ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ޕެނަޑޯލްގެ ވަކި ވައްތަރެއް ވިއްކުމާއި ބޭނުންކުރުން މަނާ ކޮށްފައިވަނީ ބޭސްގުޅަތައް ފުނޑުފުނޑުވެފައި ހުންނަކަން ފާހަގަ ކުރެވިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button