ޚަބަރުސިޔާސީ

އަދި ހުވާ ނުކުރައްވާ، ޖެޓުގައި ކުރެއްވި ދަތުރުފުޅުން ހޯއްދެވީ އެއާޕޯޓް މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ!

ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ޔޫއޭއީ ސަރުކާރުން އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އައު ސަރުކާރަށް ހަމަޖައްސައިދީފިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް ހަލީލް ވިދާޅުވީ، މި ފަހުން ޑރ. މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ހަވާސާގައި، ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމަން ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވުމަށް އެ ގައުމުގެ ސަރުކާރުގައި އެމަނިކުފާނު އެދިވެޑައިގެންނެވި ކަމުގައެވެ.

”އެ އެދިވަޑައިގަތުމަށް އިޖާބަދެއްވައި، ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމުމަށް ބޭނުންވާ 1.2 ބިލިއަން ދިވެހި ރުފިޔާ ހަމަޖައްސައިދޭން ޔޫއޭއީގެ ސަރުކާރުން ނިންމެވީ. މި ފައިސާ ހަމަޖެހިގެން ދިއުމާއެކު އެއާޕޯޓު މަޝްރޫއު ނިންމުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން ދިޔައީ.“ ފިރުޒުލް ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ އެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ކައިރިވާން ހަފްތާއަކަށް ވާން ކައިރިވެފައިވާއިރު، އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އޮތީ މަޑުޖެހިފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބިޔަ އެއް މަޝްރޫއުކަންވެސް ފާހަގަކޮށްލެވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button