ޚަބަރު

ކުރީގެ މިނިސްޓަރ ޢަބްދުالله ޖަމީލް އަވަހާރަވެއްޖެ

ދިވެހި ދަޢުލަތަށް ގިނަ ދިވަސްތަކެއް ވަންދެން އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި ޢަބްދުالله ޖަމީލް އަވަހާރަ ވެއްޖެއެވެ.

ޢަބްދުالله ޖަމީލް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން މިއަދު ފަތިހު ވަގުތެއްގައި މާލޭގައެވެ. މަރްޙޫމް ޢަބްދުالله ޖަމީލް ގެ މޫނު ދެއްކުން ކުރިއަށްދާނީ މިއަދު 13:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. އަދި މި މައްޔިތާ ވަޅުލުމަށް ހަމަޖެހިފައިވަނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު ގަލޮޅު ސަހަރާގައެވެ.

ޢަބްދުالله ޖަމީލް ވަނީ 54 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދަޢުލަތުގެ އެކި މަޤާމުތަކުގައި ހުންނަވާ ދަޢުލަތަށް ގިނަގުނަ ޚިދްމަތްތަކެެއް ކޮށްދެއްވާފައެވެ.

”ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތް“ ގެ ލަޤަަބުވެސް ޢަބްދުالله ޖަމީލަށް އެރުވިފައިވެއެވެ. އެބޭފުޅާއަކީ ދަޢުލަތުގެ އެކި ވުޒާރާތަކުގައި ވަޒީރުކަން ކުރައްވައި އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ކަމުގެ އިތުރަށް އަބްދުﷲ ޖަމީލް ވަނީ ހެލްތު މިނިސްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

ޢަބްދުالله ޖަމީލަކީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީގެ ދޮށީ ދަރިކަލުންނެވެ. އަދި ކުރީގެ ފޮރިން މިނިސްޓަރު ފަތުޙުﷲ ޖަމީލާއި ކުރީގެ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލުގެ ބޭބޭފުޅެވެ.

ޢަބްދުالله ޖަމީލް އަވަހާރަވިއިރު އިރު ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button