ޚަބަރުސިޔާސީ

ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުން ފާސްކޮށްފި

6.5 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ޖަލްސާގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފައިވަނީ 57 މެންބަރުންގެ ވޯޓުންނެވެ.

މި ބަޖެޓަކީ ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުށަހެޅި ބަޖެޓެކެވެ. މި އަހަރު ދައުލަތަށް ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 42.8 ބިލިޔަން ރުފިޔާއެވެ. މިހާރު ހުށަހަޅާފައިވާ 6.5 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއިއެކު، 49.3 ބިލިޔަން ރުފިޔާއަށް މިއަހަރުގެ ޖުމްލަ ބެޖެޓަށް އަރާނެއެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ސަބްސިޑީ އަދި އާސަންދައަށާއި، ޕީއެސްއައިޕީގެ އިތުރުން ސަރުކާރު ކުންފުނިންތަކުގެ ކެޕިޓަލް ކޮންޓްރިބިއުޝަން އިތުރު ކުރުމަށް ބޭނުންވާ ފައިސާއެވެ.

މި ބަޖެޓު މަޖިލީހަށް ހުށަހަޅަމުން ކުރީގެ މާލީ ވަޒީރު އަމީރު ވިދާޅުވީ އިންތިހާބީ ރައީސްގެ އޮފީހުގެ އެދުމަށް އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ހަރަކާތްތަކަށް ސަޕްލިމެންޓްރީ ބަޖެޓުގައި 200 މިލިއަން ރުފިޔާ ހިމަނާފައި ވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button