ޚަބަރުސިޔާސީ

އިދިކޮޅުން ބާއްވާ ދިވެހީންގެރާއްޖެ ސައިކަލުބުރު މިއަދު ހަވީރު ބާއްވަނީ!

ދިވެހީންގެރާއްޖޭގެ ނަމުގައި އިދިކޮޅުން މިއަދު ހަވީރު ސައިކަލު ބުރެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިއަދު ހަވީރު ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ސަރަހައްދުން ފަށާ މިސައިކަލް ބުރަކީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ރައްޔިތުންގެ ތާޢީދު ޑރ. މުހައްމަދު މުއިއްޒުއަށް އޮތްކަންދައްކާލުމަށް އިދިކޮޅުން ކުރިއަށްގެންދާން ނިންމާފައިވާ ހަރަކާތެކެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމާލުމަށް ބޭނުންވާ ޒުވާނުން މި ސައިކަލުބުރުގައި ބައިވެރިވުމަށް އިދިކޮޅުން ގޮވާލައިފައިވެއެވެ. މި ސައިކަލުބުރު ފަށަން ހަމަޖެހިފައިވަނީ ހަވީރު 15:45ގަ އެވެ.

މިއަދު މާލޭގައި ސައިލު ބުރެއް ބާއްވާއިރު މިމަހުގެ ދެވަނަ ދުވަހުވެސް ވަނީ ޒުވާނުންގެ ސައިކަލު ބުރެއް މާލެ އާއި ހުޅުމާލޭގައި ބާއްވައިފައެވެ. އެ ސައިކަލުބުރު ވެގެންގޮސްފައިވަނީ މިހާތަނަށް މާލެ ސަރަހައްދުގައި އެހާ ގިނަ އަދެއްގެ ޒުވާނުން ބައިވެރިވެގެން ބޭއްވި ފުރަތަމަ ސައިކަލު ބުރަށެވެ. އަދި އެސައިކަލު ބުރުގައި އެތައް ސަތޭކަ ޒުވާނުން ބައިވެރިވިއިރު، އެސައިކަލު ބުރުގައި ޑރ މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button