ޚަބަރު

ގްރީން ފަންޑުގައި ބާކީ ހުރީ އެންމެ 801 މިިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޯބަރުގެ ނިޔަލަށް ގްރީން ފަންޑުގައި ހުރީ އެންމެ 801 މިލިއަން ރުފިޔާކަން ހާމަވެއްޖެއެވެ.

މިދިޔަ މަހު ގެރީން ފަންޑަށް 61 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން, މިއަހަރުގެ އެންމެ މަދުން ގްރީން ފަންޑަށް ފައިސާ ލިބިފައިވަނީ ޖުލައި މަހުގައެވެ. އަދި މާރިޗް މަހުގައި 105 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވެއެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ގްރީން ފަންޑުގައި ހުރީ 80109708.41 ރުފިޔާއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނެގޭ ގްރީޞް ޓެކްސްއަށް ލިބޭ ފައިސާ ޖަމާ ކުރާ ފަންޑަކީ ގްރީޞް ފަންޑެވެ. މި ފައިސާއަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތަކުތަކުގައި ބޭނުންކުރުމަށް ހުންނަ ފައިސާއެވެ.

ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރު އަދި އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button