ޚަބަރު

ނޮޅިވަރަމުގެ ކޯވިޑް ހާލަތާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ހދ.ނޮޅިވަރަމުގައި ކޯވިޑް-19ގެ ހާލު ގޯސްވެފައިވާތީ ކުއްލި މައްސައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބުދުﷲ (މޮސްޓާ)  އެވެ. މައްސަލަ ހުށަހަޅުއްވަމުން މޮސްޓާ ވިދާޅުވިީ ނޮޅިވަރަމްގެ ހާލަތު މިހާރު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި އެރަށުން މިހާތަނަށް 202 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެރަށުގެ ސިއްހީ މަރުކަޒުގައި އެމްބިއުލެންސްއެއް ވެސް ނެތް ކަމަށާއި އެހެންވެ ބަލި މީހުން އުފުލަން މިހާރު ބޭނުން ކުރަނީ ޕިކަޕެއް ކަމަށެވެ.

”ނޮޅިވަރަމްއަކީ ދެހާހަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ރަށެއް، އެ ރަށުގައި މިފަދަ ހާލަތެއްގައި ބަލި މީހުން އުފުލަން ޖެހުމަކީ ލަދުވެތި ކަމެއް.“ މޮސްޓާ ވިދާޅުވިއެވެ.

މީގެ އިތުރުން މޮސްޓާ ވަނީ މުޅި ހދ އަތޮޅުގެ ސިއްހީ ނިޒާމު އޮތް ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން ހދ. ކުޅުދުއްފުށި ސިޓީގައި ވެސް އޮތީ އެންމެ ދެ އެމްބިއުލާންސް ކަމާއި، ކައިރި ރަށްރަށަށް އެމަޖެންސީގައި ވެސް އެމްބިއުލާންސް ފޮނުވޭ ވަރަށް އެ ސިޓީގައި އެމްބިއުލާންސް ނެތް ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button