ޚަބަރުދުނިޔެ

އެއާ އިންޑިއާގެ ފުލައިޓް ތެރޭގައި ހިންދޫ ފިރިހެނަކު އަންހެން ފަސިންޖަރެއްގެ ގަޔަށް ކުޑަކަމުގޮސްފި

ޓާޓާ ކުންފުނިން ހިންގާ އެއާ އިންޑިއާގެ ފުލައިޓް ތެރޭގައި ހިންދޫ ފިރިހެނަކު ފަތުރުވެރިއެއް ގަޔަށް ކުޑަކަމުގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެކަމަކު މިކަން ފަޅާއަރައިފައި ވަނީ އެކަމާ ކުރިމަތިލި އަންހެން ފަސިންޖަރު މިދިޔަ ހަފްތާގައި މައްސަލަ ޖެއްސުމުންނެވެ.

ކުޑަކަމުދިޔަ ހިންދޫ ފިރިހެން މީހާ ވަނީ ހަފްތާ ބަންދުތެރޭގައި ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަޒީފާ އަދާކުރަމުން ދިޔަ އެމެރިކާގެ ވެލްސް ފާގޯ ބޭންކިން ކުންފުނިން އޭނާ ވަނީ ވަކިކޮށްފައެވެ.

މިކަމާ ގުޅިގެން އެއާ އިންޑިއާގެ މައި ކުންފުނި ޓާޓާ ސަންސްގެ ޗެއާމޭން އެން ޗަންދްރަސެންކަރަން ބުނެފައިވަނީ މިކަމަށް އަޅާ ފިޔަވަޅު އަވަސް ކުރަން ޖެހޭ ކަމަށެވެ.

މި ހާދިސާ ހިންގާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު 26 ވަނަ ދުވަހު ނިޔު ޔޯކުން އިންޑިއާގެ ދެލްހީއަށް ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ ބިސްނަސް ކުލާސް ކެބިން ތެރޭގައެވެ. މިކަމުގަ ހައްޔަރު ކުރި ހިންދޫ ފިރިހެން މީހާ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް އަންހެން މީހާ ތުހުމަތު ކުރެއެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button