ޚަބަރުސިޔާސީ

އެއް ދުވަސްތެެރޭ ރާއްޖެއަށް ނުވަހާސް ފަތުރުވެރިން ޒިޔާރަތްކޮށްފި

މި މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ނުވަހާސް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރި ކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.

މިއީ މި އަހަރު އެއް ދުވަސްތެރޭ އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ ތިންވަނަ ދުވަހު 8,900 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މި މަހުގެ ހަތަރު ވަނަ ދުވަހު  ދުވަހު 8,032 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.
މި އަހަރު  ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީި ޖެނުއަރީ 13ގައެވެ. އެއީ 7,703 ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 236,730 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެއީ 28,304 ފަތުރުވެރިންނެވެ. 23,749 ފަތުރުވެރިންނާއެކު ލިސްޓުގެ ދެވަނައިގައި އިޓަލީ އޮތް އިރު ތިންވަނައިގައި އޮތް ރަޝިޔާއިން 21,399 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button