ޚަބަރު

13 އަހަރުގެ ކުއްޖާ މަރާލި މައްސަލާގައި ޒިހާންގެ މައްޗައް 13 ދައުވާއެއް!

އުމުރުން 13 އަހަރުގެ ފިރިހެންކުއްޖަކު މަރާލުމަށްފަހު ހުޅުމާލޭ ފޭސް 2 ސަރަހައްދު މޫދަށް، ފޮށްޓަކަށް ލާފައި އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި ހައްޔަރުކުރި ނ.ލަންދޫ އިބްރާހިމް ޒިހާންގެ މައްޗައް 13 ދައުވާއެއް އުފުލާފިއެވެ.

ޒިހާންގެ މައްޗައް ދައުވާ ކޮށްފައިވާކަން ހާމަކޮށްފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި މިމައްސަލާގައި ހައްޔަރުކުރި ދެމީހުންގެ މައްޗައްވެސް ވަނީ ދައުވާ އުފުލާފައެވެ. މިމައްސަލާގައި ޒިހާންގެ އިތުރުން ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ.

މިމައްސަލާގައި ހައްޔަރުކުރި ޒިހާންގެ މައްޗައް ހަތް ބާވަތެއްގެ 3 ދައުވާއެއް ކޮށްފައިވާ ކަމަށާއި، މިދައުވާތަށް ސާބިތުވެއްޖެނަމަ 100 އަހަރުގެ ޖަލުހުކުމެއް އަންނާނޭ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އެގޮތުން މި ދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި، ގަސްތުގައި މީހަކު މެރުން، ޖިންސީ ނިޔަތެއް އޮވެގެން އަތް ލުމުގެ ފަސް ދައުވާ، މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުން، ގްރޫމްކުރުން، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުން، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން، ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުން އަދި އިތުރު ދައުވާތަކެއްވެސް ހިމެނެއެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ޖޫން 20 ވަަނަ ދުވަހުއެވެ. އަދި ފުލުހުން ކުރި މަސައްކަތުން އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ޖޫން 21 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button