ޚަބަރުސިޔާސީ

ރައީސް އިބްރާޙިމް އައްޑޫގައި ޖަލްސާ ބޭއްވުމާ ދިމާކޮށް ކައުންސިލުން ބަންޑާރަ ބިންދޫކުރަން އިއުލާނުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަދި ފޭދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެެވެ.

މިގޮތުން މީދޫ އިން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 100 ގޯއްޗެވެ، ހުޅުދޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 100 ގޯއްޗެވެ އަދި ފޭދޫ އިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓްގެ 300 ގޯއްޗެވެ. މުޅި ޖުމްލަ 500 ގޯތި ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލްއިން އިއުލާނު ކޮށްފިއެވެ.

ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ފެބުރުއަރީ 02 ވަނަ ދުވަހުން ފެށިގެން 2023 ފެބުރުއަރީ 16 ވަނަ ދުވަހުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ.  ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފޭދޫ އަވަށު އޮފީހުން، ހުޅުދޫ އަވަށު އޮފީހުން އަދި މީދޫ އަވަށު އޮފީހުން ކަމުގައި ކައުންސިލްއިން ބުނެފައިވެއެވެ. ގޯއްޗަށް އެދި ހުށަހަޅަންޖެހޭނީ އުސޫލާ އެއްގޮތްވާގޮތުގެމަތިން ފޯމުގެ އަސްލުކަމަށްވެސް ކައުންސިލްއިން ބުނެފައިވެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް އަދި ފޯނު މެދުވެރިކޮށް އައްޑޫ ސިޓީ ކައުންސިލްއަށް ގުޅުއްވަން ކައުންސިލްއިން އެދިފަވެއެވެ.

އައްޑޫސިޓީ ކައުންސިލްގެ އިދާރާ

6885003

planning@adducity.gov.mv

ހުޅުދޫ އަވަށު އޮފީސް

6894655

hulhudhoo@adducity.gov.mv

 

 

 

 

One Comment

  1. މިރާއްޖޭގެވެރިކަމަކަޢްރައިސްސޯލިހުއަށްވުރެއް.ހިޔަޅޮކަންބޮޑުގައްދާރުވެރިއޭއް
    ނުދެކެއްމިހެއްމިބުނަޖެހުނީސަބަބުތަކެއްހުރީމައެއީމިހާރުއެކިގޮތްގޮތަޢްމީހުއްމެރު
    މާއި….ހިގަހިގާހުއްޓާމީހުންގަޔައްވަވަޅިޖެހުމާއި(މާއްﷲނަހީކުރެއްވިއެޢްމެހާނުބާފާހިސުއަމަލުތައްކުރުމާއި(އެއްޖިންސުއްކާވެކުރުމާއިލިލާތުކުރާމީހުޢްނައްސަރުއީ
    ގޮތުއްލުއިދިނުމާއި.ސަދޫމާއެއްފެއްވަރަމިގައުގެބަޢޓައްފުރިހަކުރުމަސާއިބަގުރަލާ
    ބިއަރު(މުޅިމަގުމަގުމަތިންބޯނިވަރަކައްބޯންލިބެއްހުރުމާއި(މިހެއްގޮސްމިއޮތީޖަހާލަ
    ތުގެއަދިރިކަމަޢްމިގައުމުވަޢްޓާލާފ(އަޅުގަންޑުމިގޮވާލަނީ.އަށްޑޫރަތްޔިތުއްނައް
    މާތްﷲރަސްކަންފުޅައްޓަކާރައިސްސޯލިހުއަޢްވޯޓުނުދެއްވާސޭއާދޭހާއެކު

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button