ޚަބަރުސިޔާސީ

މިނިސްޓަރ އާއިޝަތު ޝިހާމް އާންމުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ދެއްވުމުގެ ސެޝަނެއް ކުރިއަށް ގެންދަވަފި

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާގެ ވަޒީރު ޑރ.ޢާއިޝަތު ޝިހާމްގެ ފޭސްބުކް ލައިވް ސެޝަނެއްގައި އާންމުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ދެއްވުން ކުރިއަށް ގެންދަވަފިއެވެ.

މި ލައިވް ސެޝަން އެ ވުޒާރާގެ ފޭސްބުކް ޕޭޖުން ކުރިއަށް ގެންދާއިރު ކޮމެންޓް މެދުވެރިކޮށް ވަޒީރާ ސުވާލުކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުގެ ވިސްނުމަކީ މީޑިއާތަކާއި އަދި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމެވެ.
އެގޮތުން ވަޒީރުން، ސީދާ ރައްޔިތުންގެ ސުވާލުތަކަށް ކޮންމެ ދެ މަހަކުން އެއްމަހު ޖަވާބުދާރީވުމަށް ބާއްވާ ”އަހާ“ ފޯރަމް މިދިޔަ ޖަނަވަރީ މަހު ވަނީ ފަށާފައެވެ.
އޭގެއިތުރުން ކޮންމެ ތިން މަހުން އެއްމަހު، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސް ޖަވާބު ދެއްވުމަށް ބާއްވާ ޚާއްސަ ސިލްސިލާއެއް މި މަހު ފަށާނެއެވެ.

އަދި މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މަދުވެގެން ކޮންމެވެސް އެއް ރައްޔިތެއްގެ ވީޑިއޯ ސުވާލަކަށް ކޮންމެ ދުވަހަކު ރައީސް ގެންދަވަނީ ޖަވާބު ދެއްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button