ޚަބަރު

ބާރަ ރިހި އަނގޮޓި އާއި 5،000 ރުފިޔާ ވަގަށް ނެގި މީހަކު 8 މަހަށް ޖަލަށް!

”ރޮމްބަސް“ ފިހާރައިން ބާރަ ރިހި އަނގޮޓި އާއި 5،000 ރުފިޔާ ވަގަށް ނެގި މީހަކު 8 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައިވަނީ ތ.ތިމަރަފުށި، ކަށިކެޔޮމާގެ، ރިޝާމު ރަޝީދުގެ މައްޗަށެވެ.

މި ދައުވާ ރިޝާމުގެ މައްޗަށް އުފުލާފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޗާންދަނީމަގުގައި ހުންނަ ”ރޮމްބަސް“ ފިހާރައިން 12 ރިހި އަނގޮޓި އާއި 5،000ރ. ވަގަށް ނެގުމުންނެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ކުރި ހުކުމުގައި ބުނެފައިވަނީ އެ ދައުވާ ރިޝާމްގެ މައްޗަށް ސާބިތުވާ ކަމަށާއި އެގޮތުން އޭނާ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ. އެހެންނަމަވެސް ރިޝާމްގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުގެ ތެރެއިން ހަތް މަސް ދުވަހުގެ ޖަލު އަދަބު 42،000 ރުފިޔާގެ ޖޫރިމަނާއަށް ބަދަލުކޮށް އެ ފައިސާ އިއްޔެ އިން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެހެންކަމުން ރިޝާމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ 8 މަހާއި 26 ދުވަސް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button