ޚަބަރު

އާއިލާގެ ނުރުހުމުގަ ޕޯސްޓްމޯޓަމް ހެދުމަށްފަހު މާޓީގެ ހަށިގަނޑު މާލެ ގެނެސް މިރޭ ޖަނާޒާ ބާއްވަނީ

އާއިލާގެ ނުރުހުމުގަ ޕޯސްޓްމޯޓަމް ހެދުމަށްފަހު ފުލުހުންގެ އިހުމާލުން މަރުވި އަބްދުالله ރަޝީދު (މާޓީ) ގެ ހަށިގަނޑު މާލެ ގެނެސް މިރޭ ޖަނާޒާ ބާއްވަން ހަމަޖެހިއްޖެއެވެ. މާޓީ މަރުވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

އޭނާގެ ހަށިގަނޑު އިންޑިއާއަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) އާއި ފުލުހުން ގުޅިގެން ފެށި ތަހުޤީޤުގެ ބޭނުމަށެވެ. މިކަން ހުއްޓުމަށް އާއިލާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން ނިންމީ އެއީ ފުލުހުންނަށް ލިބިގެންވާ ބާރަކަށްވާތީވެ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

އަބްދުالله ރަޝީދުގެ ކަށުނަމާދު އޮތީ މިރޭ މަޤުރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ. އާއިލާއިން ބުނެފައިވަނީ އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދާފިކަމުގައިވާނަމަ, ހަށިގަނޑާއި ހަވާލު ނުވާނެކަމަށެވެ. ނަމަވެސް, އަދި މިކަމާއި ގުޅިގެން އާއިލާގެ ބަހެއް ލިބިފައިނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button