ޚަބަރު

އެޗްޕީއޭގެ އެދުމަށް ސިޓީ ކައުންސިލުން ނައިޓް މާކެޓް ފަސްކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެދުމަށް މާލެ ސިޓީ ކައުންސިލުން ނައިޓް މާކެޓް ބޭއްވުން ފަސްކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ނައިޓް މާރކެޓް ބޭއްވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށް މާލެ އަދި ހުޅުމާލޭގެ އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ބޭއްވުމަށް ދިން ހުއްދައިގެ ދަށުން ގިނަ ފަރާތްތަކުން އެކަމަށް އެދި، ހުއްދަ ހޯދައި ބޮޑެތި ހޭދަތަކެއް ކޮށްގެން ނައިޓް މާރކެޓް ބާއްވަމުން ގެންދާކަމުގައެވެ.

އެކަމަކު އެޗްޕީއޭއިން ނައިޓް މާރކެޓް ފަދަ އިވެންޓްތަކަށް ހުއްދަދިނުން ކައުންސިލުން ހުއްޓާލުމަށް އަންގަވާފައިވާތީ، އެފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައިވާކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ކޯވިޑް-19 އަށް މާލެއިން ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެގޮތުން ބުދަ ދުވަހު 224 މީހުން ފައްސިވިއިރު، އޭގެތެރެއިން 102 މީހުންނަކީ މާލެ އިން ފައްސިވި މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button