ޚަބަރުސިޔާސީ

ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށްފި

މުދަލާއި ޚިދުމަތުގެ އަގުންނާއި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު އަންނަ އަހަރުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށް، އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވަނީ ޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ %6 އިން %8 އަށް ބޮޑުކޮށް އަދި މިހާރު ނަގާ ޓީޖީއެސްޓީ ނަގާ ރޭޓު 12 އިންސައްތައިން 16 އަށް ބޮޑުކުރުމަށެވެ.

ޓެކްސް ބޮޑުކުރުމުގެ ސަބަބުން އަންނަ އަހަރު ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ވަރަށް ބޮޑަށް މަދުވެ ފަތުރުވެރިކަން ވަރަށް ބޮޑަށް ހީނަރުވެގެންދާނެކަމަށް ގިނަ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް މި ބިލް ފާސްކޮށްފައިވަނީ ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ މެންބަރުންގެ އަގްލަބިއްޔަތުުންނެވެ. އެގޮތުން ގެސްޓް ހައުސް އެސޯސިއޭޝަންއާއި މަޓާޓޯއާއި މަޓީ އިން  300 ޓުއާ އޮޕަރޭޓާރުން ގުޅިގެން ހެދި ދިރާސާ އިން ދައްކާ ގޮތުގައި، ޓެކްސް ބޮޑުކުރުމުން އަންނަ އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 10 އިންސައްތައަށް މަދުވާނެކަމަށެވެ.

ޓެކްސް ބޮޑުކުރުމުގެ ސަބަބުން މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ދިމާވާނެ ދަތިތަށް ފާހަގަކޮށް އިދިކޮޅުން ފާހަގަކޮށް މިއީ މިކަން ކުރަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ބުނަމުން ދިޔަ އިރު ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންވެސް ވާހަކަ ދެއްކެވީ ޓެކްސް ބޮޑުކުރުމާއި ދެކޮޅަށެވެ.

އެހެން ކަމުން މި ގާނޫނު މަޖިލީހުން ފާސްކޮށްފައިވަނީ ރައީސް ސޯލިހު އަށް ތާއީދުކުރައްވާ މެންބަރުންކަން ފާހަގަކުރެވެއެވެ.

3 Comments

  1. ރައްޔިތުންނައް މިހާވަރައްހަރާމް ކޯރުވި މީހެއްއަދި ވެރިކަން ކުރަނީޔޭ ކިޔާފަ ނާދޭ މީނަގެ ފަހަތުގައި ތިބައެއްމެންވެސް މީނާފަދައި.ން ދަނީރައްޔިތުންނައްގައްދާރުވަމުން އެހެންތާ ވާނީ ހިތުތެރޭގައި އީމާން ކަމުގެ ޒައްރެއްގެ މިންވަރު ވެސް ހުރީކީ ނޫން ބާގީ އާއިލާ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button