ޚަބަރުސިޔާސީ

ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބު ޕީޕީއެމުން ކާމިޔާބުކޮށްފި

ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބު ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ކުރެންދޫ ކައުންސިލް ރައީސްގެ ގޮނޑި އިސްމާއިލް މަދީހު ކާމިޔާބު ކުރީ 49 ވޯޓުގެ ތަފާތުންނެވެ.

ކުރެންދޫގައި ބެހެއްޓި ވޯޓި ފޮށިން ޕީޕީއެމަށް ލިބުނީ 380 ވޯޓެވެ. އެމްޑީޕީއަށް ލިބުނީ 366 ވޯޓެވެ. އަދި

މާލޭގައި ބެހެއްޓި ފޮށިން 235 ވޯޓު ޕީޕީއެމަށް ލިބުނުއިރު، އެމްޑީޕީއަށް ލިބުނީ 200 ވޯޓެވެ. މި އިންތިހާބުގައި އެމްޑީޕީން ވާދަ ކުރީ ޅ. ކުރެންދޫ، ރީހުއްސަބާ، އަލީ ނަސީމެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމު މީގެ ކުރިން ފުރުއްވަމުން ގެންދެވި އެމްޑީޕީ މެމްބަރު އިބްރާހިމް ޝިމާއު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މާލެއިން ވަޒީފާއެއް ހަމަޖެހުމާ ގުޅިގެންނެވެ.

ކުރެންދޫ ރައީސްގެ ގޮނޑި މަދީހު ކާމިޔާބު ކުރިއިރު، އިންތިހާބާއި ދިމާކޮށް ސަރުކާރުން އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހިންގަން އުޅުނެވެ. އަދި އެރަށުގައި ހައުސިންގް ޔުނިޓްތައް އަޅަން އިއުލާނުވެސް ކުރިއެވެ.

ފ.ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުކަމުގެ ގޮނޑިވެސް ކާމިޔާބު ކުރީ ޕީޕީއެމްގެ ކެނޑިޑޭޓު ރަނިއްޔާ ނަސީރެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button