ޚަބަރުސިޔާސީ

އިންޑިއާ ސިފައިން ތިބިހާ ހިނދަކު ހަރަކާތް ނުހުއްޓާނަން: އިދިކޮޅު ޒުވާނުން

އިންޑިއާ ސިފައިން ތިބިހާ ހިނދަކު ހަރަކާތް ނުހުއްޓާނެ ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޔޫތު ވިންގުން ބުނެފިއެވެ.

ޕީޕީއެމް އޮފީހުގައި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޔޫތު ވިންގުގެ މެންބަރު އިބްރާހިމް ރަޒާން (ޓަކީ) ވިދާޅުވީ ހަރަކާތް ހުއްޓެން އޮތީ އެންމެ ގޮތަކަށް ކަމުގައެވެ.

”ހުއްޓާނީ އެންމެ ގޮތަކަށް. އެއީ އިންޑިއާ ސިފައިން ފޭބުމުން. އެމީހުން ތިބިހާ ހިނދަކު މިކަމެއް ނުހުއްޓުވޭނެ. ނުވެސް ހުއްޓާނަން.“ ޓަކީ ވިދާޅުވިއެވެ.

ޓަކީ ފާހަގަކުރެއްވިގޮތުގައި މިއަދު ހައްޔަރު ކުރި ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ޔޫތު ވިންގު މެންބަރު އަލީ ވަސީމް މިނިވަންކުރަން ޖެހެއެވެ. އޭނާ ވިދާޅުވިގޮތުގައި ”އިންޑިއާ އައުޓު“ ސްޕްރޭ ކޮށް ކަރުދާސްތައް އެޅުމާއި އެ ދެބޭފުޅުންނާ އެއްވެސް ގުޅުމެއް ނެތެވެ.

އިދިކޮޅު ޒުވާނުން ވަނީ އިންޑިއާ އައުޓު ހަރަކާތުގައި ބައިވެރިވުމަށް ޒުވާނުންނަށް ދައުވަތު ދީފައެވެ. އަދި ފާރުތަކުގައި ސްޕްރޭ ކުރާ ފަރާތްތަކާއި ކަރުދާސްތައް އަޅާ ފަރާތްތަކަކި ޕީީޕީއެމްގެ މެންބަރުން ކަމަށް ދައްކަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށްވެސް ޔޫތު ވިންގުން ވަނީ ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button