ޚަބަރު

ޕީޓްރަލް ޕާކު ނިކަގަަސް: އަވަށްޓެރިން ބުނަނީ ނުވާ އުނދަގުލެއް ނެތް ކަމަށް!

މައްޗަންގޮޅި ސަހަރާ އާއި އިންވެގެން އޮންނަ ޕާކު ނުވަތަ ޕީޓްރަލް ޕާކުގެ ކަންމަތީގައި ހުންނަ ބޮޑު ނިކަގަހުން ލިބޭ ފައިދާއަށްވުރެ، އެ ސަރަހައްދުގައި އުޅޭ ގެތަކުގެ ރައްޔިތުންނަށް ލިބޭ އުނދަގުލާއި ތަކުލީފު ބޮޑު ކަމުގައި ގޭބިސީއެއްގެ ވެރިއަކު ބުނެފިއެވެ.

”ބޮންތި“ ނޫހަށް މައުލޫމާތު ދެމުން އެ ސަރަހައްދުގައި އުޅޭ މީހަކު ބުނީ ގަހުގައި މާ އަޅާ ދުވަސްވަރު އެމަގުން ހިނގާފައިދާ ސްކޫލު ކުދިންގެ ޔުނިފޯމުގައި ކުލަ ޖެހުމާއި، ވެހިކަލްތަކަށް ގަހުގައި ހުންނަ ވަކިތައް ފޭބުމުގެ އިތުރުން ނަމާދަށް ދާ މީހުނަށްވެސް ގަހުގެ އުނދަގޫ ފޯރާކަމުގައެވެ.

”ގޭގޭ ފާހާނާ ތަށި ފަޅާލައި، މޫ ނިކުންނަނީ. ފެން ތާނގީ މައްސަލަ ޖެހިގެން ބަލާއިރު އެތެރެ އޮންނަނީ މުލުން ފުރިފައި. ގޭގެ ފާރާއި ފުރާޅުންވެސް މޫ ފައިބަނީ.“ އެމީހާ ބުންޏެވެ.

އޭނާ ބުނީ ނިކަގަހުގެ ގޮފިތަކުން ގެތަކަށް މީދާ ވަނުމާއި، އޭނާގެ އަވަށްޓެރިންނަށް ގަހުގެ ސަބަބުން ނުވާ އުނދަގުލެއް ނެތްކަމުގައެވެ.

ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެކަން ގެނައި ކަމުގައިވީނަމަވެސް ގަހުގެ ސަބަބުން އާންމުންނަށް ޖެހިފައިވާ ތަކުލީފަށް ނިމުމެއް ނެތް އިންތިޒާރެއް ކުރަން ޖެހުމަކީ އެ ދާއިރާގެ ރައްޔިތުންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައި އޭނާ ބުންޏެވެ.

One Comment

  1. ނިކަގަހަކީ ދަތި ތަންތަންކޮޅު ގައި ހެއްދޭނެ ގަހެއްނޫން. ވީމާ ވީހާ އަވަހަކަށް ތިޔަގަސް ތިޔަތަނުން ނަގާ، ތިޔަތަނުގައި ދުރަށް ހިޔާ ފެތުރޭ ރަގަޅު ގަހެއް އިންދެވުމަށް މާލޭ ސިޓީކައުންސިލަށް ދަންނަވަން.

Leave a Reply

Your email address will not be published. Required fields are marked *

Back to top button