ޚަބަރުދުނިޔެ

އިންޑިއާގެ ނޫސްވެރިޔާ ޒުބައިރު ހައްޔަރުކުރިތާ 23 ދުވަސް

ޓްވާޓަކާއި ގުޅިގެން ހައްޔަރުކުރި އިންޑީއާގެ ”އަލްޓް“ މަޖައްލާގެ ބާނީ އަދި ނޫސްވެރިޔާ މުހައްމަދު ޒުބައިރުގެ ބަންދަށް މިހާރު 23 ވެއްޖެއެވެ.

ނޫސްވެރިޔާ މުހަންމަދު ޒުބައިރު ހައްޔަރުކުރެވުނީ 2020 ވަނަ އަހަރު އޭނާ ކުރި ޓްވީޓަކާއި ގުޅިގެންނެވެ. އެގައުމުގެ ފުލުހުންގެ އިދާރާއިން ބުނެފައިވަނީ އޭނާ ހައްޔަރުކުރެވުނީ ދީނާ ހިލާފުވާހަކަތަށް އެކުލެވޭ ޓްވީޓެއް ކުރުމުން ކަމަށެވެ. އެހެން ނަމަވެސް އިންޑިއާގެ މީޑިއާތަކުން ރިޕޯތުކޮށްފައިވާ ގޮތުގައި އޭނާގެ މި ޓްވީޓަކީ އެގައުމުގެ ސަރުކާރަށް ވާގިވެރިވާ މިޑިއާތަކުން ދޮގު ހަބަރު ފަތުރަމުންދާތީ އެކަމާ ބެހޭގޮތުން ކުރި ޓްވީޓެކެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތި ވެގެންދިޔައީ 2020 ވަނަ އަހަރު އޭނާ ޓްވީޓުކުރި ހިސާބުން ފެށިގެންނެވެ. އަދި މި މައްސަލައިގައި އިންޑިއާގެ ހައިކޯޓުން ނިންމާފައިވަނީ މި މައްސަލައާއި ގުޅިގެން މުހަންމަދު ޒުބައިރު ހައްޔަރު ނުކުރެވޭނެ ކަމަށެވެ.

މީގެ ދެއަހަރު ކުރިން ހައިކޯޓުން މިފަދައިން ނިންމާފައިވަނިކޮށް, އިންޑިއާގެ ދިއްލީގެ ފުލުހުންގެ ޓީމަކުން ޒުބައިރު ހައްޔަރު ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ޒުބައިރަކީ އިންޑިއާގެ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކާއި, އިސްލާމްދީނާއި ދެކޮޅަށް ހިންގާ ޖަރީމާތަށް ބައިނަލްއަގްވާމީ މީޑިއާއަށް ފުޅާދާއިރާއެއްގައި ރިޕޯޓުކުރަމުން އަންނަ ފަރާތެކެވެ. އަދި އޭނާގެ ނޫސް އިދާރާ ”އަލްޓް“ މެދުވެރިކޮށް މިހާތަނަށް އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި, ސަރުކާރުގެ އިސް އެހެނިހެން އޮފިޝަލުން ހިންގާފައިވާ ގާނޫނާ ހިލާފު އަމަލުތަކާއި, އިންޑިއާގެއި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ރިޕޯޓުކޮށްފައިވެއެވެ. އިންޑިއާގެ ބައެއް ނޫސްވެރިން މީސްމީޑިއާޣައި ބުނަމުންދާ ގޮތުގައި އޭނާ ހައްޔަރު ކުރެވުނު ހަގީގީ ސަބަބަކީ މިއީއެވެ.

މިކަމާ ގުޅިގެން އެކި ގައުމުތަކުގެ ނޫސްވެރިން ދަނީ ޒުބައިރު ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލައި, މީސްމީޑިއާގައި ޝުއުރުފާޅުކުރަމުންނެވެ. އަދި އިންޑިއާގެ ނޫސްވެރިން ބުނެފައިވާ ގޮތުގައި މިއީ އެގައުމުގެ ނޫސްވެރިކަމަށް ބޮޑުވަޒީރު މޯދީ ދިން ހަމަލާއެކެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނަވަންކަމަށް ހުރަސް އެޅުމަށް ހިންގި ހަޑިހުތުރު ޖަރީމާއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button