މިއަހަރުގެ ރޯދަމަހާ ދިމާކޮށް ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ މާޗު މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމީ ރޯދައިގެ ފަހުން އިންތިހާބު ބާއްވާނަމަ، އީދު ބަންދަށް ފަހު ސްކޫލްތަކުގެ އިމްތިހާނާ ދިމާވާތީ ކަމުގައެވެ. އަދި ރޯދަމަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖައްސާފައިވާ އޮތުމުން އިދާރީ ގޮތުން ތައްޔާރުވުމަށްވެސް ދަތިތަކެއް ކުރިމަތިވެގެންދާނެކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކަލަންޑަރުގައިވާގޮތުން މާޗު 17 އަކީ ރޯދަމަހުގެ 7 ވަނަ ދުވަހެވެ.