ޚަބަރުސިޔާސީ

މިވެރިކަމުގައި ގައުމިއްޔަތާމެދު ވިސްނާ އެކަކުވެސް ނެތްކަމަށް އާދަމް ޝަރީފު ވިދާޅުވެއްޖެ

ޕީޕީއެމްއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ”ހޯޕް ކޮންފަރެންސް“ ގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ، މި ސަރުކާރުގައި ގައުމިއްޔަތުގެ ޒައްރެއްފެ މިންވަރު ހުރި އެކަކުވެސް ނެތްކަމަށެވެ.

އާދަމް ޝަރީފު ވިދާޅުވީ ރައީސް ޔާމިނަށް، އެމަނިކުފާނުގެ ވެރިކަމުގައި ސިޔާދަތުތައް ރައްކާތެރިކުރެއްވުމަށް އެތައް ގޮންޖެހުންތަކަކާއި ކުރިމަތިވި ކަމަށެވެ. އެގޮތުން އެމަނިކުފާނު ވެރިކަމުން ދުރުކުރުމަށް ދުރާލާ ރާވައިގެން ހިންގާފައިވާ ހަރަކާތްތަކުގެ ވާހަކަ ހިއްސާކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީ ހަލުއިކޮށް، އިގްތިސާދު ކުރިއެރުވުމަށް ޗައިނާއަކީ މުހިންމު ބައިވެރިއެއްކަމަށް ރައީސް ޔާމީނު ގަބޫލުކުރެއްވިކަމަށާއި ރައީސް ޔާމިނުގެ ވެރިކަމުގައި ގެންގުޅުއްވި ހާރިޖީ ސިޔާސަތުތަކުގައި އަވަށްޓެރި އިންޑިއާއަކީވެސް މުހިންމު އަވަށްޓެރިއެއްކަމަށް ރައީސް ޔާމިނު ގަބޫލުކުރެއްވިކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެއަށް ބޭނުންވާ އެމްއާރއޭ މެޝިނެއް، އިންޑިއާއިން ދިނުން ލަސްވުމުން، އެ ވަސީލަތް ހުރި ތަނަކުން ރައީސް ޔާމީނު ނެންގެވި ހިސާބުން އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުން ހީނަރުވިކަމަށް އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޭރުވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމާ ރައީސް ޔާމިނު ދެކޮޅު ހެއްދެވި ހެއްދެވުމަކީވެސް އިންޑިއާގެ ހިތްހަމަނުޖެހުން ރާއްޖެއަށް އަމާޒުވިކަމެއްކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

ސަރުކާރުން، ރާއްޖޭގެ ވަތުބަތާނައަށް ދާންދެން އެހެން ބަޔަކަށް ދީފައިވާ ކަމަށާއި، އެ މިންވަރަށް ގައުމަށް ހިޔާނާތްތެރިވެފައިވާތީ، މި ސަރުކާރު ބަދަލުކުރަން ކޮންމެހެންވެސް ޖެހޭ ކަމަށް ވިދާޅުވެ އާދަމް ޝަރީފު ވިދާޅުވީ، މި ސަރުކާރުގައި ގައުމިއްޔަތާ މެދު ޒައްރެއްގެ މިންވަރަށްވެސް ވިސްނާނެ މީހަކު ނެތްކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button